ބަޖެޓް ދިރާސާކުރި ކޮމީޓި.. ފޮޓޯ/ މަޖިލިސް
ހަބަރު
28 Oct 2024 | 15:54
ކޮމިޓީން ސަޕްލިމަންޓަރީ ބަޖެޓް ފާސްކޮށްފި

މިއަހަރުގެ ކުރިއަށްއޮތް ތަނުގައި ހަރަދުތައް ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމި، ސަޕްލިމެންޓަރީ ބަޖެޓް, ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބަޖެޓް ފާސްކޮށްފައިވާއިރު، ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އާއި މަރުކަޒީ ބޭންކުން ބަޖެޓާ ގުޅޭގޮތުން ދެކޭގޮތުން ވަނީ ހާމަކޮށްފައެވެ. 

ސަޕްލިމަންޓަރީ ބަޖެޓް ފާސްކޮށްފައިވަނީ ސަރުކާރުން ބަޖެޓް ހުށަހެޅިގޮތަށެވެ. ބަޖެޓް ފާސްކުރުމަށް މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހެޅުވުމުން، ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވަނީ ގާސިމް ހުށަހެޅުމަށް ތާއީދުކޮށް ވޯޓަށް އަހައި ބަޖެޓް ފާސްކޮށްފައެވެ. ބަޖެޓް ފާސްކުރުމަށް ވޯޓު ދީފައިނުވަނީ އެންމެ މެމްބަރެކެވެ.

ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކީ، މި އަހަރަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެކެވެ.

ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވި ރަޢުޔުގައި ވިދާޅުވެފައިވަނީ، ބަޖެޓްގެ 40 އިންސައްތައަކީ ދަރަނިން ފައިނޭންސްކުރަން ޖެހޭ އަދަދު ކަމަށްވާތީވެ، އަހަރު ނިމޭއިރު ދައުލަތުގެ ހުރި ޖުމްލަ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވެގެން ދާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. 

އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެންމެބޮޑަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ ދައުލަތަށް އެކިގޮތްގޮތުން ލިބޭނޭ ކަމަށް އަންދާޒާކުރި އާމްދަނީ އާ އެއްވަރަށް މިހާހިސާބަށް އާއިރުވެސް އާމްދަނީ ލިބިފައި ނުވުމެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓްގައި ލިބޭނޭކަމަށް ފާހަގަކޮށްފައިވާ އަދަދުތައް ލިބޭނޭކަމުގެ ޔަގީންކަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

ސަޕްލިމަންޓަރީ ބަޖެޓްގައި ހަރަދުކުރުމަށް އެކަށައަޅާފައިވާ ދާއިރާތައް

•         ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ

•         ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ

•         ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ

•         ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ

•         މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ

•         ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

•         ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ

ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު، މިއަހަރަށް ކަނޑައެޅި ބަޖެޓުން، އަދި ހުސް ނުވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ހޭދަކުރެވިފައިވަނީ، ބަޖެޓުގެ 74 އިންސައްތަކަމަށް ފިނޭންސް މިނިސްޓަރު މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލަފާކުރީ 33.5 ބިލިއަން ރުފިޔާއެވެ. ޑެފިސިޓް ހުންނާނޭކަމަށް ލަފާކޮށްފައިވަނީ 16.3 ބިލިއަން ރުފިޔާގައެވެ. ސަޕްލިމަންޓަރީ ބަޖެޓުގެ ގޮތުގައި އިތުރުވާ 5.1 ބިލިއަން ރުފިޔާ އާއެކު، މިއަހަރުގެ ބަޖެޓް ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.