ފިނޭންސް އަދި ޕީސީބީ ހުންނަ އިމާރާތް
ހަބަރު
29 Oct 2024 | 14:10
ސަރުކާރު ހިއްސާވާ އެސްއޯއީތަކަށް މިދިޔަ އަހަރު، ސަބްސިޑީގެ ގޮތުގައި ދިން އަދަދު 3.9 ބިލިއަން ރުފިޔާގައި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ސަބްސިޑީގެ ގޮތުގައި ދިން އަދަދު 3.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އަހަރީ މާލީ މުރާޖައާ ރިޕޯޓުން ދައްކައިފިއެވެ.

ޕީސީބީން ނެރެފައިވާ ރިޕޯޓަށް ބަލާއިރު، ފިނޭންސް މިނިސްޓްރީން ވަނީ ނިމިގެންދިޔަ 2023 ވަނަ އަހަރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް ސަބްސިޑީ އާއި ކެޕިޓަލް ހަރަދު، އަދި ގްރާންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައެވެ.

މި ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރު އެސްއޯއީތަކަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 833.1 މިލިއަން ރުފިޔާ އާއި، ސަބްސިޑީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ހަރަދުގެ ގޮތުގައި ވަނީ، 192 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

ފިނޭންސުން މިދިޔަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި އެންމެބޮޑު އަދަދެއް ދީފައިވަނީ ފަންޑް މެނޭޖްމަންޓް ކުންފުންޏަށެވެ. މީގެ އިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި، އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ދީފައެވެ.

އެންމެގިނައިން ކެޕިޓަލް ހަރަދުގެ ގޮތުގައި ފައިސާ ދިން ކުންފުނިތައް:

1. ފަންޑް މެނޭޖްމަންޓް ކޮމްޕެނީ: 286.1 މިލިއަން ރުފިޔާ

2. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން: 100-މިލިއަން ރުފިޔާ

3. އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް: 77.1 މިލިއަން ރުފިޔާ

4. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން: 73 މިލިއަން ރުފިޔާ

ދައުލަތުން މިދިޔަ އަހަރު ސަބްސިޑީގެ ގޮތުގައި އެންމެގިނަ ފައިސާ ދީފައިވަނީ އެސްޓީއޯއަށެވެ. ސަބަބަކީ އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ސިއްހީ އާލާތްތައް އެތެރެކުރާ ކުންފުންޏެވެ. 

އެންމެގިނައިން ސަބްސިޑީ ދިން ކުންފުނިތައް:

1. އެސްޓީއޯ: 2.3 ބިލިއަން ރުފިޔާ

2. ފެނަކަ: 1.1 މިލިއަން ރުފިޔާ

3. އެމްްޓީސީސީ: 307 މިލިއަން ރުފިޔާ

4. ސްޓެލްކޯ: 103 މިލިއަން ރުފިޔާ

ގްރާންޓްގެ ގޮތުގައި މިދިޔަ އަހަރު ފައިސާ ދީފައިވަނީ ރާއްޖެ އިސްތިހާރުކުރާ ޓޫރިޒަމް ކުންފުނި، އެމްއެމްޕީއާރުސީ އާއި ޕަބްލިކް ސާވިސް މީޑިއާއެވެ.

މިދިޔަ އަހަރު އެމްއެމްޕީއާރުސީއަށް ގްރާންޓްގެ ގޮތުގައި 100.8 މިލިއަން ރުފިޔާ ދީފައިވާއިރު، ދައުލަތުގެ މީޑިއާއަށް ވަނީ 81.7 މިލިއަން ރުފިޔާ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.