އީރާނުގެ އެއްގަމު ސިފައިންގެ ފައުޖު
ހަބަރު
29 Oct 2024 | 14:16
އީރާނުގެ މިލިޓަރީ ބަޖެޓް، ރެކޯޑް އަދަދަކަށް އިތުރުކުރަނީ

އީރާނުގެ އަސްކަރިއްޔާގެ ބަޖެޓް ރެކޯޑް އަދަދަކަށް އިތުރުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން އީރާނު ސަރުކާރުގެ ތަރުޖަމާން ފާތިމަހް މޮހަޖެރާނީ ވަނީ އެޤައުމުގެ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. އޭނާ ވިދާޅުވީ އީރާނުގެ އަސްކަރިއްޔާގެ ބަޖެޓް %200 ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. 

އީރާނުގެ އަސްކަރީ ބަޖެޓަކީ މިހާރު، 10.3 ބިލިއަން ޑޮލަރެވެ. އަސްކަރިއްޔާގެ ބަޖެޓް %200 ބޮޑުކުރަން ނިންމުމުން އެ އަދަދު 30.9 ބިލިއަން ޑޮލަރަށް އަރާނެއެވެ. ފާތިމަހް މޮހަޖެރާނީ ވިދާޅުވީ އަސްކަރިއްޔާގެ ބަޖެޓް ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ޕްރޮޕޯސަލް ޤާނޫނު ހަދާ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ. 

އީރާނު އެޤައުމުގެ އަސްކަރިއްޔާގެ ބަޖެޓް އިތުރުކުރުމަށް ނިންމާފައިވަނީ އިސްރާއީލާ ދެކޮޅަށް އެޤައުމުން ހަނގުރާމައަކަށް ނިކުމެދާނޭކަމަށް ހީވެފައިވަނިކޮށެވެ. އީރާނުގެ އަސްކަރިއްޔާގެ ބަޖެޓް ބޮޑުކުރަން ނިންމުމުން އެކަމުގެ ވާހަކަތައް އެންމެ އަވަހަށް ރިޕޯޓްކުރީ އިސްރާއީލްގެ މީޑިއާތަކުންނެވެ. 

އީރާނުގެ އަސްކަރިއްޔާގެ ބަޖެޓް ބޮޑުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމި ނިންމުން، އިސްރާއީލުގެ މީޑިއާތަކުން ސިފަކޮށްފައިވަނީ ހަމާސް އަދި ހިޒްބުﷲ އަށް ފަންޑުކުރުމަށް ދުރާލާ ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައެވެ. އިސްރާއީލާއި އެމެރިކާއިން ސިފަކުރާގޮތުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެކެވެ. 

ހަމާސްއިން އިސްރާއީލުގެ ނިރުބަވެރިންނަށް އަމާޒުކޮށް ހަމަލާދޭއިރު، އިސްރާއީލުގެ ނިރުބަވެރި ސިފައިން ހަމަލާތައްދެނީ ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.