ޓްރާންސްޕޯޓް މިނިސްޓަރު އަމީން, މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ..
ހަބަރު
29 Oct 2024 | 19:04
ޓެކްސީގެ ހިދުމަތްދިނުމަށް ކުންފުންޏަކާ ހަވާލުކުރަނީ

ޓެކްސީގެ ހިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސިޓީއަކާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތްދިނުމަށް ބަޔަކާ ހަވާލުކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުންފުންޏަކާ ހަވާލުކުރައްވާނޭކަމަށް އަމީން ވިދާޅުވިއެވެ.

ޓެކްސީގެ ހިދުމަތް ދިނުމަށް ހަވާލުކުރާނީ، ސަރުކާރު ހިއްސާވާ ކުންފުންޏަކާ ކަމަށާއި، އެގޮތުން އެމްޓީސީސީއަކީ މިކަމަށް އެންމެ އެކަށޭނެ ކުންފުންޏެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން ކުރުމަށް ހަވާލުކުރާނޭ ވަކި ކުންފުންޏެއްގެ ނަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ވިސްނާފައިވަނީ އާރުޓީއެލް ބަހުގެ ހިދުމަތާ އެއްގޮތަށެވެ. އެގޮތުން ޓެކްސީ ހިދުމަތުގައި ތިބޭނޭ މުއައްޒަފުންގެ ތެރެއިން %50 މުއައްޒަފުން ދާއިމީ މީހުންގެ ގޮތުގައި ތިބޭއިރު އަނެއް ބައި މުއައްޒަފުން ތިބޭނީ އެކި ގަޑިތަކުގައި ޓެކްސީ ދުއްވުމަށް ބޭނުންވާ މީހުންނެވެ.

ޓެކްސީ ދުއްވުމުގެ ހުއްދަ ބިދޭސީންނަށް ނުލިބޭއިރު، ޑްރައިވަރުންނަށް ވަކި ތަނަކަށް ދިއުމަށް ދަތުރެއް ނުނެގޭނެއެވެ. 

ޓެކްސީގެ ހިދުމަތަކީ ރައްޔިތުންގެ ޝަކުވާ ބޮޑު ހިދުމަތެކެވެ. ސަރުކާރުން ބުނެފައިވަނީ ޓެކްސީގެ ހިދުމަތް ސަރުކާރުންދޭނީ މޮނިޓަރކުރެވޭގޮތަށް ކޮމްޕިއުޓަރައިޒްޑް ކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.