ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު:ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
30 Oct 2024 | 07:39
ރީތީގެ މުބާރާތުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް؛ ހުއްޓުވެން އޮތް ހުރިހާ ފަރާތަކުން ހުއްޓުވަންޖެހޭ: ޝެއިޚް އަބްދުއްސަލާމް

ރީތީގެ މުބާރާތް ތަކުގައި ބައިވެރިވުމަކީ ބޮޑު ފާފައެއް ކަމަށާ، އެކަންކަން ހުއްޓުވެން އޮތް ހުރިހާ ފަރާތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުންފުންޏަކުން ފަހިކޮށްދިން ފުރުސަތެއްގައި، ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ރާއްޖޭގެ އަންހެނެއް ބައިވެރިވާ ޚަބަރު ރޭގެ ވަގުތެއްގައި ފެތުރިފައިވާއިރު، ދާރިސް ޓީވީން ރޭ ކުރިއަށް ގެންދިޔަ ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައި ޝެއިޚް އަބްދުއްސަލާމް ވަނީ އެފަދަ ކަން ކަމުގައި ބައިވެރި ވުމާއި، އަދި އެކަމަށް މަގުފަހި ކުރުމުގެ ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ރީތީގެ މުބާރާތް ތަކުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އެތަކެއް ބައެއްގެ ކުރިމަތީގައި އަންހެނާގެ ހަށިގަނޑާއި އޭނާގެ ވަނާތައް ހާމަކުރުން ކަން ޝެއިޚް ފާހަގަކުރެއްވިއެވެ. 

ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވޭ، އަންހެނާއަކީ އައުރަ އެކޭ. މާނައަކީ ރައްކާތެރިވާންޖެހޭ ބޭކަނބަލެކޭ. އަންހެނާ މަގު މައްޗަށް ނުކުމެއްޖެއްޔާ، މާނައަކީ އޭނާ ގެއިން ބޭރަށް ނުކުމެއްޖެއްޔާ، ވަރިހަމަ ކިތަންމެ ނިވާވެގެން ވިޔަސް، ނުކުމެއްޖެއްޔާ ޝައިޠާނާ އޭނާގެ މައްޗަށް ފާވެގަންނާނޭ. މާނައަކީ، ޝައިޠާނާ، އެކަނބުލޭގެ ޒީނަތްތެރި ކުރުވާނޭ އެހެން މީހުންގެ ލޯތަކަށް. 

ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު

ކަން މިހެން ހުރި އިރު، ”ކަމާ ކަން ފަށައި، ބަރަހަނާ ވާންވެގެން، ތިމާގެ ގުނަވަންތައް ދައްކަންވެގެން ނުކުންނަ ނުތުން އެއީ“ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރެވޭ ލޯބިކުރެވުމަކަށް ވެގެންދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

އެހެން ކަމުން، އެފަދަ ކަންކަމުގައި އަންހެނުން ބައިވެރި ކުރުވަން ގެންދަން މަސައްކަތް ކުރާ ކުންފުނި ތަކުން، އެ މަސައްކަތް ހުއްޓާލައި، މާތް الله އަށް ބިރުވެތި ވުމަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ.

”މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވޭ، އީމާން ކަމުގެ އަހުލުވެރިންގެ ތެރޭގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް، ދުނުޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ދެއްވާނެ ކަމަށް.“

އެހެންވީމާ ތިފަދަ ކަން ކަމަކީ ދުނިޔޭގައިވެސް މާތް الله ގެ ކޯފާއާއި ކުރިމަތިލާންޖެހޭނެ ކަމެކޭ ތިފަދަ ކަންކަމުގަ ކުރިމަތި ލުމަކީ. އަދި މުބާރާތުގައި ބައިވެރި ކޮށްދޭ ފަރާތާއި އެފަރާތުގެ އާއިލާއަށްވެސް އަޅުގަނޑު ދަންނަވާނީ، الله އަށް ބިރުވެތިވާށޭ. ތިމާގެ ހިސާބުގައި، އަދި ތިމާމެންގެ ހިސާބުގައި ލިޔެވިގެންދާ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭނެ ކަމެކޭ. 

ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު

ޝެއިޚް އިތުރަށް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަ އިރު، ރާއްޖޭގެ ނަމުގައި އެފަދަ ކަންކަމުގައި ބައިވެރި ވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. 

އަދި މިފަދަ ހާލަތެއްގައި ދައުލަތުގެ ކަންކަމާއި ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކުންވެސް، މާތް الله އަށް ބިރުވެތިވެ، މިކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ