މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
ހަބަރު
30 Oct 2024 | 11:28
މި ސަރުކާރު ނިމޭއިރު ރާއްޖޭގެ މަސް ރައްކާ ކުރުމުގެ ކެޕޭސިޓީ ހުންނާނީ 25،000 ޓަނަށްވުރެ މަތީގައި: ޝިޔާމް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް ވުރެ އިތުރުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޭން ވިދާޅުވި ގޮތަށް އެ ފައިސާ ނުދެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވަނީ ކުރީ ސަރުކާރުން އިންތިޚާބާ ދިމާކޮށް އެއްވެސް ރޭވުން ތެރިކަމެއް ނެތިމަހުގެ އަގު -/25ރ އަށް މަތިކޮށްލާފައިވާއިރު އެ ވެރިކަން ނިމުނު އިރު މަސްވެރިންނަށް ނުދީ ބެކްލޮގްގައި 250 މިލިއަން ރުފިޔާގެ ފައިސާ ހުރި ކަަން ފާހަގަކުރައްވާފައެވެ. 

ޝިޔާމްގެ އެ ވާހަކައާއި ގުޅިގެން ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވަނީ 250 މިލިއަން ރުފިޔާ ބެކް ލޮގުގައި ހުރި ވާހަކަ ދައްކަވާއިރު އެއާ ވާ ވަރަށް މަސް، ސްޓޯރޭޖްގައި ހުރިތޯ ނުވަތަ ނެތްތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވާ ޝިޔާމް ވިދާޅުވީ، 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ނަމަވެސް އެހާ ރުފިޔާއަށް ވާވަރަށް މަސް ރައްކާކުރާނެ ކެޕޭސިޓީ ރާއްޖޭގައި ނެތް ކަމަށެވެ.

”ކޮންތާކުތޯ އެ މަސް ރައްކާކުރާނީ؟ މިއަދު ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 8500 ޓަނު. ކިހިނެއްތޯ 250 މިލިއަން ރުފިޔާގެ މަސް، އެ ސްޓޯރުގައި ސްޓޯރ ކުރާނީ؟ އިންސާނުންގެ ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަ ކަންނޭނގެ އަޅުގަނޑަށް ހީވަނީ ގަބޫލު ކުރަންޖެހޭނީ. 250 މިލިއަން ރުފިޔާގެ މަސް ސްޓޯ ކުރެވޭނެ ސްޓޯރޭޖެއް ނެތް.“ ޝިޔާމް ވިދާޅުވުއެވެ.

އަޅުގަނޑުމެން މި އުޅެނީ، އިރާދަކުރެއްވިއްޔާ 250 މިލިއަން ރުފިޔާގެ މަސް ހުރި ނަމަ، އެ މަސްވެސް ސްޓޯ ކުރެވޭނެ ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އިތުރުކުރަން މިއުޅެނީ. ދިވެހި ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރުގައި ހުންނާނީ 25،000 ޓަނަށްވުރެ މަތީގައި އިރާދަކުރެއްވިއްޔާ ރައީސް މުޢިއްޒުގެ ސަރުކާރު ނިންމާލާއިރު ހުންނާނީ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް 

މިފްކޯގެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދިޔައިރު ކުންފުނިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ދައްކައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.