މިއަދު ބޭއްވި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ ތެރެއިން..
ހަބަރު
30 Oct 2024 | 19:32
ފަރަށް އަރާ ބޭރުގައުމުތަކުގެ ބޯޓުފަހަރުތައް ފުރައިގެންދާތީ ދައުވާ ނުކުރެވުމުގެ މައްސަލަ ބޮޑުވެއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފަރަށް އަރާ ބޭރުގައުމުތަކުގެ ބޯޓުފަހަރުތައް ފުރައިގެންދާތީ ދައުވާ ނުކުރެވުމުގެ މައްސަލަ ބޮޑުވެއްޖެއެވެ.

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، ފަރަށް އަރާ ބޭރުގެ ބޯޓުފަހަރު ދައުވާ ކުރުމުގެ ކުރިން ފުރައިގެންދާ މައްސަލަ ބޮޑުވެފައިވާކަމަށެވެ. އެހެންވުމުން ބޯޓުފަހަރު ފަރަށް އެރުމުން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގައި ތަކުލީފްތަކެއް ކުރިމަތިވާކަމަށެވެ.

ބޯޓުތައް ފަރަށް އެރުމުގެ މައްސަލަތަށް ގިނަވާން ފެށީ މިދިޔަ ދެތިން އަހަރެއްގައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބޯޓު ފަރަށް އެރުމާ ގުޅޭގޮތުން 8 މައްސަލައެއް ލިބި އަދި ކޯޓުގައި 6 މައްސަލައެއް މިހާރުވެސް ކުރިއަށްދާކަމަށެވެ.

މިގޮތުން ބޯޓުފަހަރު ފަރަށް އެރުމުގެ މައްސަލަތަކަށް ބަލާއިރު، ދެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ ފަރާތެއްގެ މައްސަލަތައް ކޯޓަށް ވައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގައި ދިމާވާ މައްސަލައަކީ ގިނަ ބޯޓުތަކަކީ ރާއްޖެއަށް އެކިކަންކަމުގައި އޭޖެންޓެއް މެދުވެރިކޮށް އައިސްފައިވާ ބޯޓުފަހަރުތައް. ދެން އެފަދަ ބޯޓުތައް ރާއްޖެއިން ފުރައިގެން ދިއުމަށްފަހު މި ދައުވާތައް އެފަރާތްތަކާ ކުރިއަށްގެންދިއުމަށް ވަރަށްބޮޑު ދަތިތަކާ ކުރިމަތިވޭ.

ފާތިމަތު ވިދާޅުވިއެވެ

އޭނާ އިތުރަށް ވިދާޅުވީ ގިނަ ފަހަރަށް ބޯޓުފަހަރުތަކަށް ދައުވާކުރަން ބަލާއިރު، ބޯޓުތައް ހުންނަނީ ފުިރުވާލާފައި ކަމަށެވެ. އެހާލަތުގައި އެފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށް ދަތިވެގެންދާކަމަށާއި، އެގޮތުން ދައުވާކުރަން ބޭނުންވާ ފަރާތްތަކުގެ އެޑްރެސްފަދަ މުހިއްމު މައުލޫމާތުތައް ހޯދަން ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ބޯޓުފަހަރު އޭޖެންޓެއް މެދުވެރިކޮށް އަންނައިރު، މިހާރު އޭޖެންޓުގެ މައްޗަށްވެސް ދައުވާކުރަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަރަށް އެރުމުގައި ރާއްޖެއިން ބޭރުގެ ބޯޓުފަހަރުގެ މައްސަލަތައް ބެލުމަށް އުނދަގޫވިނަމަވެސް ރާއްޖެއަށް ނިސްބަތްވާ ބޯޓުފަހަރުތަކުގެ މައްސަލަތައް ކުރިއަށްގެންދަން ފަސޭހަކަަމަށެވެ.

ބޯޓުފަހަރު ފަރަށް އަރައިގެން މިފަހުން އެންމެބޮޑު ޖޫރިމަނާއެއް ކޮށްފައިވަނީ ތިލަމާލެ ބްރިޖް ހަދަމުން އަންނަ އެފްކޮންސްގެ ބާޖު ވިލިމާލެ ފަރަށް އެރުމުން ކުރި ޖޫރިމަނާއެވެ. އެ މައްސަލާގައި އީޕީއޭއިން ވަނީ އެފްކޮންސް 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެފްކޮން އިން ވަނީ ޖޫރިމަނާ ބޮޑުކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

އީޕީއޭއިން މިހާތަނަށް ބޯޓެއް އެންމެ ބޮޑުއަދަދަކުން ޖޫރިމަނާކުރި އެއް މައްސަލައަކީ މީގެ ތިން އަހަރުކުރިން ކ.އަތޮޅު ރަސްފަރީ ހުޅަނގުފަރާތު ފަރަށް ޕަނަމާގެ ބޯޓެއް އެރުމުން ކުރި ޖޫރިމަނާއެވެ. އެ މައްސަލާގައި ޕަނަމާގެ އެ ބޯޓު ވަނީ 900 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.