ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓް ބަޔާން އިއްވަވަނީ... ފޮޓޯ/ މަޖިލިސް
31 Oct 2024 | 13:03
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ކުރިއަށްއޮތް 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ވަޑައިގެން ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާފައިވާއިރު، މިއީ މިއަހަރަށް ހުށަހެޅި ބަޖެޓަށްވުރެ، 6.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނޭކަމަށް ލަފާކޮށްފައިވަނީ، 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ލަފާކޮށްފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ބަޖެޓްގައި ޖަހާފައިވަނީ 13.4 ބިލިއަން ރުފިިޔާއެވެ. އަދި ޕީއެސްޕީއައި މަޝްރޫޢުތަކަށް ކަނޑައަޅާފައިވަނީ 12.4 ބިލިއަން ރުފިޔާއެވެ.

މިފަހަރުގެ ބަޖެޓުގައި ދައުލަތުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ޓެކްސް އާއި ފީގެ ގޮތުގައި 37.2 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ވަނީ ހިމަނާފައެވެ.

މިފަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ހަރަދުކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވިގެންދާނޭ ކަމަށެވެ. އެގޮތުން އަންނަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުންނާނޭކަމަށް ލަފާކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާގައެވެ. މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެބޮޑަށް ޑެފިސިޓް ކުޑަވެގެންދާނޭ ބަޖެޓަށް ވާނޭކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.

ފިނޭނުންސުން ބުނީ ބަޖެޓް އެކުލަވާލާފައިވަނީ، ކަމާއި ބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރައްވައި، ކެބިނެޓާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ ބެއްލެވުމުގެ ދަށުންކަމަށެވެ. މިގޮތުން މިފަހަރުގެ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ރައީސްގެ ބައިވެރިވުމާއެކު މިހާބޮޑަށް އެކުލަވާލެވުނު ބަޖެޓަށް ވާނޭކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ އަހަރުން އަހަރަށް ބަޖެޓް ބޮޑުވަމުންދާއިރު، އެކަމުން ރައްޔިތުންނަށް ކުރާ މަންފާއެއް ނޯންނަ ވާހަކައަކީ ރައްޔިތުން އަބަދުމެ ފާހަގަކުރަމުންދާ ޝަކުވާއެއް ކަމަށެވެ. ބައެއް ފަހަރު ބިނާތަކެއް އެޅުނު ނަމަވެސް ނިޒާމީގޮތުން އަހަރުން އަހަރަށް ކުރިއެރުންތަކެއް އާއްމު ރައްޔިތުންނަށް ލިބޭކަހަލަ ގޮތަކަށް ބަޖެޓުން ހަރަދުކުރެވިފައި ނުވާކަމަށް ބަޖެޓް ތައްޔާރުކުރި ފިނޭންސްގެ ޓީމުން ވަނީ ބުނެފައެވެ.

ފިނޭންސުން ބުނީ އެއްބަޖެޓުން އެބާވަތުގެ ކަންކަން ހައްލުނުވިނަމަވެސް، ކުރިއަށްއޮތް އަހަރުގެ ބަޖެޓް އެކުލަވާލާފައިވާނީ، އެކަންކަން ހައްލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާވެސް އެކުގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.