އިންޑިއާގެ ޖޭއެސްޑަބްލިއު ހެޑް އޮފީސް... ފޮޓޯ/ބިޒްނަސް ސްޓާންޑަރޑް
ދުނިޔެ
31 Oct 2024 | 10:18
ދެކުނު ކޮރެއާގެ ޕޮސްކޯ ކުންފުނިން އިންޑިއާގައި އިންވެސްޓްކުރަނީ

އިންޑިއާގެ ޖޭއެސްޑަބްލިއު ސްޓީލް އިން ދެކުނު ކޮރެއާގެ އެކަތަ އުފައްދާ އެންމެ ބޮޑު ކުންފުނި ޕޮސްކޯއާ އެކު އަހަރަކު ފަސް މިލިއަން މެޓްރިކް ޓަނުގެ އެކަތަ އުފެއްދޭ އިންޓަގްރޭޓެޑް ސްޓީލް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖޭއެސްޑަބްލިއު ސްޓީލް އަކީ ކެޕޭސިޓީގެ ގޮތުން އިންޑިއާގައި އެކަތަ އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މި އެއްބަސްވުމުގެ ދަށުން ސްޓީލް ޕްލާންޓްގެ އިތުރުން އިލެކްޓްރިކް އުޅަނދުތަކަށް ބޭނުންވާ ބެޓެރީ މެޓީރިއަލްއާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ޕޮސްކޯއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 1.8 މިލިއަން މެޓްރިކް ޓަނުގެ އެކަތަ އުފައްދާ ޕްލާންޓެއް މަހާރަޝްތުރަ ސްޓޭޓްގައި މިހާރުވެސް ޕޮސްކޯ އިން ހިންގައެވެ. މި އުފެއްދުންތައް ސަޕްލައިކުރަނީ އިންޑިއާގެ އޮޓޯމޯޓިވް އިންޑަސްޓްރީގެ ކުންފުނިތަކަށެވެ.

އިންޑިއާގެ އޮޑީޝާ ސްޓޭޓްގައި 12 ބިލިއަން ޑޮލަރުގެ އެކަތަ ޕްލާންޓެއް ގާއިމްކުރުމަށް މީގެ އަހަރުތަކެއް ކުރިންވެސް ޕޮސްކޯއިން މަސައްކަތްކުރިއެވެ. މިއީ އިންޑިއާގެ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓަށް ވާނެކަމަށް އޭރު ބެލެވުނެވެ. އަހަރަކު 12 މިލިއަން މެޓްރިކް ޓަނުގެ އެކަތަ އުފެއްދުމުގެ ގާބިލްކަމާއެކު ގާއިމްކުރަން އުޅުނު ޕްލާންޓްގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެކަމަށް ބޭނުންވާ ބިން ހޯދުމަށް ކުރި މަސައްކަތަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެންނެވެ.

2022 ވަނަ އަހަރު ޕޮސްކޯ އިން ވަނީ ގުޖުރާތު ސްޓޭޓްގައި 5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. އެފަހަރު އިންވެސްޓްކޮށްފައިވަނީ ގައުތަމް އަދާނީގެ އަދާނީ ގްރޫޕާއެކު މަސައްކަތްކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.