އެމްއޭސީއެލަށް އެންމެ ގިނަދުވަހު ހިދުމަތްކޮށްދެއްވި ޝަހީމާއަށް ހަނދާނީ ލިޔުން އަރުވަނީ..
ހަބަރު
05 Nov 2024 | 15:39
އެމްއޭސީއެލަށް އެންމެ ގިނަދުވަހު ހިދުމަތްކޮށްދެއްވި ޝަހީމާ ރިޓާޔާކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އެންމެގިނަ ދުވަސްވަންދެން ހިދުމަތުގައި ދެމިހުރި، އެކުންފުނީގެ ކޮމްޕެނީ ސެކެޓްރީ، ޝަހީމާ ހުސައިން މަގާމުން ރިޓަޔަކުރައްވައިފިއެވެ.

ޝަހީމާ އިއްޔެ މަގާމުން ރިޓަޔަކުރެއްވިއިރު، އޭނާ ވަނީ އެމްއޭސީއެލްގައި 46 އަހަރުވަންދެން ހިދުމަތްކުރައްވާފައެވެ. 

ޝަހީމާގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ޗީޗް ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ސޮލާހް ވެސް ވަނީ ވަޒީފާއިން ރިޓަޔަރކުރައްވާފައެވެ. އެމްއޭސީއެލްގެ މި ދެ މުއައްޒަފުން ރިޓަޔަރކުރެއްވުމާއި ގުޅިގެން އެމްއޭސީއެލުން ވަނީ، އެ ދެ މުއައްޒަފުންނަށް ފެއާފެލް ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އާއި ކުންފުނީގެ ބައެއް މުއައްޒަފުން ބައިވެރިވިއެވެ. 

މި ފެއާވެލްގައި ޝަހީމާ އަދި ސޮލާހުއަށް އެމްޑީ ޝަރީފް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ޝަހީމާ މަގާމުން ރިޓަޔަރ ކުރެއްވިއިރު އޭނާ ވެފައިވަނީ އެމްއޭސީއެލްގެ ތާރީހުގައިވެސް އެކުންފުނީގެ، ކޮމްޕެނީ ސެކެޓްރީކަމުގެ މަގާމު އެންމެ ގިނަދުވަސް ވަންދެން ފުރުއްވި ބޭފުޅާގެ ގޮތުގައެވެ. ޝަހީމާ ވަނީ އެމްއޭސީއެލްގެ ކޮމްޕެނީ ސެކެޓްރީގެ ގޮތުގައި 15 އަހަރަށްވުރެ ގިނަދުވަސްވަންދެން ހިދުމަތްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.