އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ހަބަރު
06 Nov 2024 | 11:47
އަރަބިއްޔާގެ އާ އިމާރާތް ލަސްވަނީ އެ މަޝްރޫއަށް 80 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް: ޝަފީޢު

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއު ލަސްވެފައިވަނީ މަޝްރޫއުގެ އަގަށްވުރެ 80 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހޭތީ، އެ ފައިސާ ސަލާމަތްކުރުމަށް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، މި ވެރިކަން އައި އިރު، ޢަރަބިއްޔާ ސުކޫލު އެޅުމަށް ނިންމާފައި އޮތީ ބާ ޖަމާލުއްދީން ހުންނަ ބިމުގައި ކަމަށެވެ.

އެހެންނަމަވެސް، ރަޢިސުލްޖުމްހޫރިއްޔާ ވަނީ، ޢަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ އެދުމާއެކު މާލޭގެ ތަނަވަސް ސަރަހައްދަކުން، އެ ސުކޫލަށް ބިމެއް ހަމަޖައްސަވާފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއާއެކު ވަޒީރު ވިދާޅުވީ، އެ މަޝްރޫއުގެ ސްކޯޕަށް އައި ބަދަލާއެކު، ޒަމާނީ ވަސީލަތްތަކާއެކު އަރަބިއްޔާގެ އާ އިމާރާތް އެޅުމާ ގުޅޭގޮތުން ކޮންޓްރެކްޓަރާއެކު މަޝްވަރާކުރެވި އަގުތަކެއް އެ ފަރާތުން ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް، ހުށަހެޅި އަގުތައް މާބޮޑުވެފައިވާ ކަމަށެވެ.

ސުކޫލެއް އެޅުމުގެ ނިޔަތުގައު، އަޅުގަނޑުމެން މަސައްކަތް ކުރީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް. ނަމަވެސް، ފެއްޓުމަށް ކުރި މަސައްކަތުން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ގާތްގަނޑަކަށް ރައްޔިތުންގެ ފައިސާއިން 80 އެތައް މިލިއަން ރުފިޔާ އަގުބޮޑުކޮށްކަން އެކަން ކުރަންޖެހެނީ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު 

ވަޒީރު ވިދާޅުވީ، އެ 80 މިލިއަން އިތުރަށް ޚަރަދުކޮށއގެން ކުރިއަށް ގެންދިޔަ ނަމަ، ޕްލޭނާއު އެއްގޮތަށް މަސައްކަތް ކުރިއަށް ދިޔައީސް ކަމަށާ، އެހެން ނަމަވެސް، ރައްޔޮތުންގެ ފައިސާއަކީ އަގުބޮޑު އެއްޗެއް ކަމަށެވެ.

އަދި މިވަގުތު އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ ދަރުމަވަންތަ އިމާރާތުގައި އިންސާނީ ހައްގުތަކާއި ތައުލީމީ ގޮތުން މާބޮޑު ގެއްލުމެއް ނެތް ކަމަށާއި، ބެލެނިވެރިންނާއި ޕީޓީއޭއާވެސް މިކަން ހިއްސާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެންވީމާ ރައްޔިތުންގެ 80 މިލިއަން ސަލާމަތްކުރުމަށް އެ ޑިލޭ އައީ. އަޅުގަނޑު ގަބޫލު ކުރަނީ އެއީ ރަނގަޅު އެދެވިގެންވާ ޑިލޭއެއް ކަމަށް. އެ ސުކޫލުގެ އިސް ބެލެނިވެރިންނާއި ޕީޓީއޭއާވެސް މިކަން ހިއްސާކޮށްފައިވާނެ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ނިންމާފައި އޮތީ ބާޖަމާލުއްދީން ސްކޫލު ހިންގި ބިމުގައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަމީން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކުރެވުނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މާލޭގެ ކުރީގެ ކުނިކޮށި ހިންގި ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ނިންމައި، މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އިމާރާތުގެ ބިންގާ އަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.