އަޒަރުބައިޖާން އެއާލައިނުން ބަކޫއިން ވީއައިއޭއަށް ނައްޓާލުމުގެ ކުރިން..
ހަބަރު
09 Nov 2024 | 16:08
އަޒަރުބައިޖާން އެއާލައިނުން ބަކޫ އާއި ވީއައިއޭ އާ ދެމެދު، އުދުހުންތައް ފަށައިފި

އަޒަރުބައިޖާން އެއާލައިނުން ބަކޫ އާއި ވީއައިއޭ އާ ދެމެދު، އުދުހުންތައް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ، އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވީއައިއޭއަށް އަޒަރުބައިޖާން އެއާލައިނުން ސީދާ ދަތުރުތައް މިއަދު ފަށާފައިވާކަމަށެވެ. މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ވީއައިއޭއަށް ޖައްސާފައިވަނީ ހެނދުނު 09:45 ގައެވެ. 

މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓަށް މަރުހަބާކިޔުމުގެ ގޮތުން ހެނދުނު ވަނީ ވީއައިއޭގައި ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްޢާން ލަތީފްގެ އިތުރުން ކުންފުނީގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ، ވީއައިއޭއަށް އަލަށް ފެށުނު ރޫޓާއެކު ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ފަހިވެގެން ދާނޭކަމަށެވެ. 

އަޒަރުބައިޖާން އެއާލައިނުގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް މަނިޒާޑޭ ވިދާޅުވީ ފިނި މޫސުމާ ދިމާކޮށް އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށިގެންދިއުމަކީ އެޤައުމުގެ ފަތުރުވެރިންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ. 

އެމްއޭސީއެލުން ބުނީ އަޒަރުބައިޖާން އެއާލައިނުގެ މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް ބީ 787 މަރުކާގެ މަތިންދާބޯޓުކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.