ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ... އެމްއެންސީސީއައި ފޮޓޯ
ހަބަރު
18 Nov 2024 | 18:42
ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް 100 ޕަސެންޓް ތާއީދު: ވިޔަފާރިވެރިންގެ ޖަމިއްޔާ

މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަރސްޓްރީ (އެމްއެންސީސީއައި) އިން އެމްއެމްއޭގެ، ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް 100 ޕަސެންޓް ތާއީދުކުރާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ވޮއިސް އާ ވާހަކަދައްކަވަމުން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފް ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ އައު އުސޫލަށް ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ފުރިހަމަޔަށް ތާއީދުކުރާކަމަށެވެ. އާސިފް ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓް އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމަށާއި، ހުރިހާ އެއްޗެއް އިމްޕޯޓްކުރެވެނީ ޑޮލަރު ހުރެގެން ކަމަށެވެ. 

އާސިފް ވިދާޅުވީ ޑޮލަރު ލިބުމުގެ ދަތިކަން އެންމެބޮޑަށް ތަހައްމަލުކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި އެޖަމިއްޔާގެ މެމްބަރުން ހިމެނޭކަމަށާއި، ޑޮލަރު މާރުކުރުމަށް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ކަނޑައެޅި އައު އުސޫލަކީ މިވަގުތަށް ކޮންމެހެންވެސް ތަންފީޒުވުން މުހިއްމު ސިޔާސަތެއް ކަމަށެވެ. އާސިފް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ އެ ސިޔާސަތު ދެމެހެއްޓުމަށް ރައީސް އެޅުއްވުމަށް ނިންމި ފިޔަވަޅަކީ ގައުމީ ވިސްނުމަކުން ނިންމެވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

ޑޮލަރު މާރުކުރުމުގެ އައު ގަވައިދާ މެދު ޓޫރިޒަމްގެ ބޮޑެތި ވިޔަފާރިވެރިން ނުރުހުން ފާޅުކުރިނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ރޭ ވަނީ، ޑޮލަރު މާރުކުރުމުގެ އުސޫލަށް ބަދަލު ގެންނަން ނުވިސްނާކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަމުންދާނޭކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.

މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވައިދުގެ ދަށުން އެމްއެމްއޭއިން ވަނީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް، އެތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައެވެ. އެގޮތުން ކެޓަގަރީ އޭގައި ހިމެނޭ، ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓަކަށް 25 ޑޮލަރެވެ. ކެޓަގަރީ ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ކޮޓަރި، ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ހުންނަ ތަންތަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.