އަހްމަދު މުބީން
ކުޅިވަރު
21 Nov 2024 | 08:02
ނިއުރޭޑިއަންޓްގެ އައު ޗެއާމަނަކަށް، މުބީން އިންތިހާބުކޮށްފި

ދިވެހި ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އައު ޗެއާމަނަކަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހްމަދު މުބީން އިންތިހާބުކޮށްފިއެވެ.

ނިއުގެ އައު ޗެއާމަނަކަށް މުބީން އިންތިހާބުކޮށްފައި ވަނީ، ރޭ ދަރުބާރުގޭގައި ބޭއްވުނު އެ ކްލަބުގެ ކޮންގްރެސްގައެވެ. ކޮންގްރެސްގައި މަގާމުތަކަށް މެމްބަރުން ހޮވާފައިވަނީ އަތް ހިތްލައިގެން ވޯޓު ދޭ އުސޫލުންނެވެ. އެއީ ފެންނަ ނުފެންނަ ގޮތަށް ނިންމައިގެންނެވެ. 

ނިއުގެ ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފައިވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އަދި ވައިސް ޗެއާމަނަކަށް އައްޔަނުކޮށްފައިވަނީ، އަލީ ރަޝީދެވެ.

ރޭ ބޭއްވި ނިއުގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ކްލަބްގެ ޗެއާމަންކަމާ އަލަށް އިންތިހާބުކުރެވުނު އަހުމަދު މުބީން ވިދާޅުވީ، އެންމެ ފުރަތަމަ އަމާޒަކަށް ވާނީ ނިއުރޭޑިއަންޓް ދަރަނިން ސަލާމަތްކުރުން ކަމަށެވެ. ނިއުރޭޑިއަންޓާ ހަވާލުވީ ކްލަބް އޮތް ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ކަމަށާއި އުއްމީދަކީ ނިއު ފުރަތަމަ ޑިވިޝަނަށް ގެނެސް، ކުރިން ފެނުނުގޮތަށް ކްލަބް ފެނިގެންދިއުންކަމުގައި މުބީން ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަމުން މުބީން ވިދާޅުވީ އުއްމީދަނީ ނިއުއެކޭ އެއްފަދައިން ކަލްބް ވެލެންސިއާ އަދި ވިކްޓްރީ ސޕޯޓްސް ކަލްބްވެސް އެ ކްލަބްތަކުގެ ގޮތުގައި ފެނިގެންދިއުން ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަވާން އޮތީ، އެ ކްލަބްތަކުގެ މެދުގައި އިހު އޮތް ފަދަ ވާދަވެރިކަމަކާ ހިސާބަށް ދެވިގެންކަމަށެވެ.

ރޭ ބޭއްވި ކޮންގްރެސްގައި ނިއުގެ ކުރީގެ ލެޖެންޑަރީ ކުޅުންތެރިންނާއި ކްލަބްގެ ހިދުމަތްތެރީންގެ އިތުރުން ފުޓްބޯޅަ އާއިލާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.