ޝަކްޝޫކާ
ލައިފްސްޓައިލް
02 Dec 2024 | 07:55
މިއޮތީ ބްރޭކްފާސްޓަށް ތައްޔާރު ކޮށްލަން ފަސޭހަ މީރު އެއްޗެއްގެ ރެސިޕީ

ޝަކްޝޫކާ އަކީ މެދުއިރުމަތީގެ ޤައުމުތަކުގައި މަޝްހޫރު ކާނާއެކެވެ. މި ކާނާ އާންމުކޮށް ނާސްތާއަށް ނުވަތަ ލުއި ކެއުމަކަށް ބޭނުންކުރެއެވެ.

ބޭނުންވާ ތަކެތި

▢ 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

▢ 1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)

▢ 1 ބެލް ޕެޕަރ، ކިޔުބްކޮށް ކޮށާފައި

▢ 1 ދަޅު ޕީލްޑް ޓޮމާޓޯ

▢ 1 ލޮނުމެދު، ކޮށާފައި

▢ 1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް

▢ 1 މޭޒުމަތީ ސަމުސާ ތެޅިމިރުސް 

▢ 1/2 ސައި ސަމުސާ އަސޭ މިރުސް 

▢ 1/2 ސަމުސާ ލޮނު ނުވަތަ އެއް ނޫޑްލްސް ސޫޕް ޕެކެޓް

▢ 4 ބިސް

▢ 2 މޭޒުމަތީ ސަމުސާ ޕާސްލީ

▢ ޕިޓާ ނުވަތަ ހަރު ރޮށި، ކެއުމަށް

ތައްޔާރުކުރާނެ ގޮތް

1) ތަވައެއްގެ ތެރޭގައި ތެޔޮ ހޫނުކޮށް ފިޔާ އާއި ލޮނުމެދު ފްރައި ކޮށްލާށެވެ. ދެން ކެޕްސިކަމް އަޅާފައި، ޕީލްޑް ޓޮމާޓޯ އަޅައިގެން ރަނގަޅަށް ކައްކާލާށެވެ.

2) ލޮނުމެދު ޕޭސްޓް، ސޫޕު ޕެކެޓް، ތެޅިމިރުސް، އަޅައި ރަނގަޅަށް އެކުލަވާލާށެވެ.

3) މެދު ގިނީގައި ބަހައްޓައިގެން މަތި ޖަހައިގެން ރަނގަޅަށް ކައްކާާލާށެވެ. 

4) ރަނގަޅަށް ކެކުމުން ލޮނު ހެޔޮވަރު ކޮށްލާފައި، ބިސްތައް އަޅާލާށެވެ. 

5) މަތި ޖަހައިގެން ބިހުގެ ހުދު ބައި ކެކި، އޮރެންޖުބައި ދިޔާކޮށް ހުންނަ ވަރަށް ކައްކާލާށެވެ. 

6) ފަހު ކަމަކަށް ޝަކްޝޫކާގެ މައްޗަށް ޕާސްލީ އަޅާލާށެވެ. 

މީތި ޕާނާ އެކު ކާލަން ވަރަށް މީރު ވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.