ގުރައިދޫ ކައުންސިލަށް 100 މަގުބައްތި ހަދިޔާކުރުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
04 Dec 2024 | 11:03
ޗައިނާ ސަރުކާރުން ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސަފީރުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ޗައިނާ ސަރުކާރުން ކ.ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާ ކޮށްފިއެވެ.

މިކަމަށްޓަކައި ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މަގު ބައްތިތައް ހަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

މިކަމާއި ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ، ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މި މަގު ބައްތިތަކަކީ، ޗައިނާ ސަފީރު ކ.ގުރައިދޫއަށް ކުރި ޒިޔާރަތެއްގެ ތެރެއިން ހަމަޖެހިގެން ދިޔަ މަގުބައްތިތަކެއްކަމަށެވެ.

މި ބައްތިތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވާންގ ލިޒިން ވިދާޅުވީ، ގުރައިދޫއަށް ފޯރުކޮށްދޭ މަގުބައްތި އެހީއަކީ ދެ ޤައުމުގެ ވެރިން ބައްދަލުވެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމަވައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކުރެވޭ މަސައްކަތެއްކަމަށެވެ.

"ގުރައިދޫއަށް ފޯރުކޮށްދޭ މަގުބައްތި އެހީއަކީ ވެސް، ދެ ޤައުމުގެ ވެރިން ބައްދަލުވެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމަވައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކުރެވޭ މަސައްކަތެއް. ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު ވަރަށް ގިނަ މި ފަދަ ކަންކަންކުރެވި ދެ ޤައުމުގެ ގުޅުން ވަނީ ބަދަހިކުރެވިފައި" 

ސަފީރު ވާންގ ލިޒިން ވިދާޅުވިއެވެ.

މިގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ޒަމާންވީ ގުޅުމެއްކަމަށާއި ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހީންނަށް ބޭނުންވާ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ތަރައްޤީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެކެވެ. ޗައިނާއިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ކުރިއެރުމަށް އެކިގޮތްގޮތުން އެހީތެރިކަން ދީފައެވެ. މިގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ހައްދުންމަތީ މަގުހެދުމުގެ އިތުރުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިގެންގޮސްފައިވާކަމަށް ސަރުކާރުން ފާހަގަކުރެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.