ހެޔޮފިހާރަ
ވިޔަފާރި
05 Dec 2024 | 09:27
ހެޔޮފިހާރައިގެ ޕޯސްޓެއް ޝެއާކޮށްގެން، ހިލޭ ކުކުޅުފައިކޭހެއް ހޯދުމުގެ ފުރުސަތު

ހެޔޮފިހާރައަށް ހަތަރު އަހަރުފުރުމުގެ މުނާސަބަތުގައި ހިލޭ ކުކުޅުފައިކޭހެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެޔޮފިހާރައިން ބުނީ އެ ފިހާރައަށް 4 އަހަރުވުމުގެ މުނާސަބަތުގައި ފޭސްބުކް ޕޭޖުގައިވާ އެނިވާސަރީ ޕޯސްޓަށް ލައިކެއްދީ ޝެއާކޮށްގެން ކުކުޅުފައިކޭހެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ހަދަންޖެހޭ ގޮތް:

1. ޕޯސްޓް ޝެއާކުރުމުގެ ކުރިން ހެޔޮފިހާރަ ޕޭޖް ފޮލޯކޮށް ލައިކެއް ދިނުން

2. ޕޯސްޓް ޕަބްލިކްގައި ޝެއާކުރުމަށްފަހު 5 ރައްޓެއްސަކު ޓެގްކޮށް ހެޝްޓެގްގައި ހެޕީއެނިވާސަރީ ލިޔުމަށްފަހު ކޮމެންޓްކުރުން.

ހެޔޮފިހާރައިން ބުނީ ކުކުޅުފައިކޭސް ލިބޭނީ އެންމެގިނަ ލައިކް ލިބޭ ކޮމަންޓަށް ކަމަށެވެ. އަދި ޕޯސްޓް ޝެއާކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހުކުރުދުވަސް ކަމަށެވެ.

ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ހޮނިހިރު ދުވަހެވެ.

ހެޔޮ ފިހާރައިގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އައިޝަތު އާމާލް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފިނިކުރި އެއްޗެހި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދެއެވެ. 

އަދި އަބަދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލްކޮށް ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުމަކީ އެ ފިހާރަގެ އަމާޒެއް ކަމަށެވެ.ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބެން ހުރެއެވެ. 

އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދެއެވެ. 

ހެޔޮ ފިހާރައިން ލިބެން ހުންނަ ބާވަތްތައް އެ ފިހާރައިގެ ފޭސްބުކު ޕޭޖު HEYO INVESTMENT (Heyofihaara) މެދުވެރިކޮށް ބަލާލެވެން ހުރެއެވެ.

ބޭނުންވާ އެއްޗެއް ގަތުމަށް ފިހާރައަށް ގޮސް ގަނެވޭއިރު ހެޔޮ ފިހާރައިގެ ނަންބަރ 9639444 ނުވަތަ ހެޔޮ ފިހާރަ 2 ނަންބަރ 9305811 އަށް ގުޅައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.