ސީރިއާގެ ރައީސް ބަޝާރު އައްސަދު
ދުނިޔެ
08 Dec 2024 | 09:57
ސީރިއާގެ ވެރިކަން ވެއްޓި، ރައީސް ބަޝާރުލްއަސަދު ގައުމު ދޫކޮށް ފިލައިފި

ސީރިއާގެ ރައީސް ބަޝާރުލްއަސަދުގެ 24 އަހަރުގެ ވެރިކަން ނިމިއްޖެ ކަމަށް އިއުލާންކޮށްފިއެވެ. އެއާއެކު އޭނާ މިހާރު ސީރިއާ ދޫކޮށް ފިލާފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ވަނީ ބުނެފައެވެ.

ސީރިއާގެ ރައީސް ބަޝާރުލްއަސަދުގެ ވެރިކަން ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިން، އޮފިސަރުންނަށް އަންގާފައިވާ ކަމަށް ރޮއިޓާސްއަށް އިން ބުނެފައިވެއެވެ. މި ކުއްލި ބަދަލު އައިސްފައިވަނީ އިދިކޮޅުގެ ހަލުވި ހަމަލާތަކެއްގެ ސަބަބުންނެވެ.

އިދިކޮޅުގެ ބާރުގެ ދަށަށް ދިމިޝްޤު ގެނައުމާއެކު، އެމީހުންވެސް މިހާރު އަންނަނީ އަސަދުގެ ކިބައިން ދިމިޝްޤު މިހާރު މިނިވަންވެފައިވާކަމަށް ބުނެ އުފާ ފާޅުކުރަމުންނެވެ. އަދި އިދިކޮޅުން އަންނަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ސީރިއާގެ ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ބަޔާން ދޭން ތައްޔާރުވަމުންދާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އަސަދުގެ ވެރިކަން ވެއްޓިފައިވާއިރު، އޭނާ، މިއަދު އިރާކޮޅުގެ ވަގުތެއްގައި ދިމިޝްޤުން ފުރައިގެން ގޮސްފައިވާ ކަމަށް އެގައުމުގެ ސިފައިންގެ ދެ އިސް އޮފިސަރުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ. ނަމަވެސް އޭނާ ފިލަން ދިޔަ ތަނެއް ސާފެއް ނުވެއެވެ. 

ފްލައިޓްރާޑާ ވެބްސައިޓުން ދައްކާ ގޮތުގައި، ވެރިރަށް އިދިކޮޅުގެ ބާރުގެ ދަށަށް ދިޔަކަމަށް ރިޕޯޓުކުރެވުނު ވަގުތާ ދިމާކޮށް، ސީރިއާ އެއަރގެ މަތިންދާބޯޓެއް ދިމިޝްޤު އެއަރޕޯޓުން ފުރައިގެން ގޮސްފައިވެއެވެ. އެ މަތިންދާބޯޓު ފުރަތަމަ ދަތުރުކުރީ ސީރިއާގެ ކޯސްޓަލް ސަރަޙައްދަކަށެވެ. މިއީ އަސަދުގެ އަލަވީ މަޛްހަބުގެ މީހުންގެ ނުފޫޒު ބޮޑު ސަރަޙައްދެކެވެ.

ނަމަވެސް، ކުއްލިއަކަށް މަތިންދާބޯޓު ޔޫ-ޓާނެއް ޖަހައި، އެއާ އިދިކޮޅަށް މިސްރާބު ބަދަލު ކުރިއިރު، މިނެޓުތަކެއްވަންދެން ދަތުރުކުރުމަށްފަހު މަތިންދާބޯޓް ވަނީ ޗާޓުން ގެއްލިފައެވެ. މި މަތިންދާބޯޓުގައި ތިބީ ކޮން ބައެއްކަން ޔަގީނެއް ނުވެއެވެ.

ސީރިއާގެ ރައްޔިތުން އުފާފާޅުކުރަމުންދާއިރު، ސީރިއާގެ ބޮޑުވަޒީރު މުޙައްމަދު ޣާޒީ އަލް-ޖަލާލީ ވަނީ ވެރިކަމުގެ އިންތިޤާލީ މަރުޙަލާ ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުރި ކަމަށާއި، ސީރިއާގެ ރައްޔިތުން އިޚްތިޔާރުކުރާ ކޮންމެ ވެރިކަމަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.