ސީރިޔާގެ ރިޔާސީ ގަނޑުވަރުގައި އިދިކޮޅުގެ ފަރާތެއް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
08 Dec 2024 | 17:00
ބަޝާރުލް އަސަދު ގައުމުން ފިލުމާއެކު، އިދިކޮޅު ފަރާތްތަކުން ރިޔާސީ ގަނޑުވަރަށް ވަދެ ލޫޓުވާން ފަށައިފި

ސީރިއާގެ ރައީސް ބަޝާރުލް އަސަދު ގައުމުން ފިލުމާއެކު، އިދިކޮޅު ފަރާތްތަކުން ރިޔާސީ ގަނޑުވަރަށް ވަދެ، އަސަދުގެ ތަކެތި ލޫޓުވާން ފަށައިފިއެވެ.

މިކަމާ ގުޅޭ ގިނަ ވީޑިއޯތަކެއް މިހާރު ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

އެގޮތުން، އިދިކޮޅު ފަރާތްތަކުން ބަޝާރުގެ ފޮޓޯއަށް ފައިން އަރައި، ރިޔާސީ ގަނޑުވަރަށްވަދެ، އެތަނުގައި ހުރި ބައެއް ތަކެތި ހަލާކުކޮށް އަނެއްބައި ތަކެތި ހިފައިގެންދާތަން ފެނެއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ ދިމިޝްގުގައި ހުރި އަސަދުގެ ބޮޑު ސްޓެޗޫވެސް ވައްޓާލައި އެ ހަލާކު ކޮށްލާފައެވެ. 

ސީރިއާގެ މުހިންމު އެއް ސިޓީ ކަމަށްވާ ހޮމްސް އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށަށް ދިޔުމާއެކު، އެ ސިޓީގެ މަގުމަތީގައި ރައްޔިތުން ވަނީ އުފާފާޅުކޮށްފައެވެ.  އެގޮތުން "އަސަދު ހިގައްޖެ، ހޮމްސް މިނިވަންވެއްޖެ" އަދި ”ސީރިއާ، ބަޝާރުލް އަސަދު ވައްޓާލައިފި" ފަދަ ޝިއާރުތަކުން ރައްޔިތުން ވަނީ އަޑު އުފުލައިފައެވެ.

އަލް-ގައިދާއާ ގުޅުންހުރި ޖަމާއަތެއް ކަމަށްވާ ތަހްރީރު އަލް-ޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް-ގޮލާނީ ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް މުޅި ގައުމުގެ ބާރު ހޯދުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި "އަނިޔާވެރި ސަރުކާރުގެ ނިމުން ގާތްވެއްޖެ" ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސީއެންއެންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުން ވަނީ ދިމިޝްގުގައި ހުރި ސަރުކާރުގެ މީޑިއާ ވަސީލަތްތަކުގެ ބާރު ހޯދާފައެވެ. އަދި އިދިކޮޅުން އަންނަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ސީރިއާގެ ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ބަޔާން ދޭން ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ސީރިއާގެ ރައްޔިތުން އުފާފާޅުކުރަމުންދާއިރު، ސީރިއާގެ ބޮޑުވަޒީރު މުޙައްމަދު ޣާޒީ އަލް-ޖަލާލީ ވަނީ ވެރިކަމުގެ އިންތިޤާލީ މަރުޙަލާ ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުރި ކަމަށާއި، ސީރިއާގެ ރައްޔިތުން އިޚްތިޔާރުކުރާ ކޮންމެ ވެރިކަމަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.