އަސަދު އާއި ރަޝިޔާގެ ރައީސް ޕުޓިން: ފޮަޓޯ/ ގޫގުލް
ދުނިޔެ
09 Dec 2024 | 10:51
ބަޝާރުލްއަސަދު އާއި އޭނާގެ ޢާއިލާއަށް ރަޝިޔާއިން ހިމާޔަތް ދީފި

ސީރިއާގެ ވެރިކަމުން ވައްޓާލެވުނު ރައީސް ބަޝާރުލްއަސަދު އާއި އޭނާގެ ޢާއިލާ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ގޮސް، އެ ޤައުމުން ހިމާޔަތް ހޯއްދަވާފައިވާ ކަމަށް ރަޝިޔާގެ ސަރުކާރުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން ސީރިއާގެ ވެރިރަށް ދަމާސްކަސް ހިފުމުން އަސަދުގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް، ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ އިއުލާން ކޮށްފައެވެ.

އެއާއެކު އަސަދު އާއި އޭނާގެ އާއިލާ ސީރިޔާއިން ފިލާފައިވާއިރު، ބީބީސީގެ ރަޝިއަން ސަރވިސް އާއި އެހެން ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އަލް-އަސަދު ގެންދެވުނީ ސީރިއާގެ ލަޒަކިއާގައި ހުރި ރަޝިއާގެ އެއަރ ބޭސްއިން ފުރި މަތިންދާބޯޓަކުންނެވެ. މި މަތިންދާބޯޓު ފުރީ އޭގެ ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެންނެވެ.

އަދި މިހާރު ރަޝިއާގެ އޮފިޝަލުން ސީރިއާގެ ހަތިޔާރުއެޅި އިދިކޮޅު ފަރާތްތަކާ މުޢާމަލާތްކުރަން ފަށާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ލަޒަކިއާ އާއި ޓަރޓޫސްގައި ހުރި ރަޝިއާގެ އަސްކަރީ މަރުކަޒުތަކާއި، ސީރިއާގައި ހުރި ރަޝިއާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ސީރިޔާގެ އެކިކަންކޮޅުތަކުގައި މުސްލިމުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އަދި އޭނާ ގައުމު ދޫކޮށް ފިލުމުން، ރިޔާސީ ގަނޑުވަރަށް ވަދެ އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ ތަކެތި ލޫޓުވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.