ސީރިޔާގެ ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރެވުނު މުޙައްމަދު އަލް-ބަޝީރު: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
11 Dec 2024 | 12:11
ސީރިޔާގެ ވަގުތީ ބޮޑު ވަޒީރު ކަމަށް މުޙައްމަދު އަލް-ބަޝީރު އައްޔަންކޮށްފި

ސީރިޔާގެ ރައީސް ބަޝާރު އަލް-އަސަދު ވައްޓާލި ހަނގުރާމަވެރިން, އެ ގައުމުގެ ވަގުތީ ބޮޑު ވަޒީރު ކަމަށް މުޙައްމަދު އަލް-ބަޝީރު އައްޔަން ކޮށްފިއެވެ. މި މަޤާމަށް އޭނާ އައްޔަން ކުރެވުނު ކަމަށް އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

އިދްލިބް ސަރަހައްދުގައި ހަޔަތު ތަހްރީރު އަލް-ޝާމްގެ ވެރިކަމުގެ ދަށުން ހިންގަމުން އައި ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި ހުރި އަލް-ބަޝީރު، 2025 ވަނަ އަހަރުގެ މާރިޗު 1 ވަނަ ދުވަހާ ހަމައަށް ސީރިޔާގެ ވަގުތީ ސަރުކާރު ހިންގާނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން އަލް-ބަޝީރު ވިދާޅުވީ، އިއްޔެ ކުރީގެ ސަރުކާރުގެ މެންބަރުންނާއި އިދްލިބާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުގެ އިދާރީ ވެރިންނަށް ދަޢުވަތު ދީގެން ކެބިނެޓް ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އެ އެ ބައްދަލުވުން ބާއްވާފައިވަނީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ސީރިޔާގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ޤާނޫނީ ނިޒާމެއް ޤާއިމުކުރެވެންދެން، ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކުރުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

އަލް-ބަޝީރަކީ މީގެ ކުރިން އިދްލިބް ސަރަހައްދުގައި ހިންގި ސީރިއަން ސަލްވޭޝަން ގަވަރންމަންޓް (އެސްއެސްޖީ)ގެ އިސްވެރިޔާގެ ގޮތުގައި ހުރި ފަރާތެވެ. އަދި އޭނާއަކީ ދިމިޝްޤު ހިފި ހަޔަތު ތަހްރީރު އަލް-ޝާމް (އެޗްޓީއެސް) އާ ގާތް ގުޅުމެއް އޮތް ފަރާތެކެވެ.

12 ދުވަހުގެ ހަލުވި ހަނގުރާމައަކަށް ފަހު ދިމިޝްޤަށް ވަދެ، ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރަމުން އައި އަލް-އަސަދުގެ ވެރިކަން ވައްޓާލައި، އަލް-އަސަދު ޢާއިލާގެ ނުފޫޒު ނިމުމަކަށް ގެނެސްފައިވަނީ އާދީއްތަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.