އިޒްރޭލުން ސީރިޔާއަށް ހަމަލާ ދެނީ:ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
11 Dec 2024 | 12:34
އިޒްރޭލުން، 48 ގަޑިއިރުގެ ތެރޭގައި، ސީރިޔާއަށް 480 ހަމަލާދީފި

48 ގަޑިއިރުގެ ތެރޭގައި ސީރިޔާއަށް 480 ހަމަލާ ދީފައިވާ ކަމަަށް ނިރުބަވެރި އިޒްރޭލުގެ ސިފައިން ބުނެފިއެ ެ. މި ހަމަލާތަކުގައި 15 ކަނޑު އުޅަނދާއި، އެންޓި-އެއަރކްރާފްޓް ބެޓަރީތަކާއި، އަދި އެކި ސިޓީތަކުގައި ހުރި ހަތިޔާރު އުފައްދާ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ސިފައިން ބުނެއެވެ.

މި ހަމަލާތައް ދެމުންމިދަނީ ބަޝާރް އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، ސީރިޔާގެ އިންތިޤާލީ މަރުހަލާގައި ޤައުމު ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތަކުގެ މަޤްޞަދަކީ "ހައްދުފަހަނައަޅާފައިވާ" ފަރާތްތަކުގެ އަތަށް ހަތިޔާރު ފޯރުވިޔަ ނުދިނުމެވެ. ނަމަވެސް، އދ. އިން ވަނީ މި ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާފައެވެ.

މި ހަމަލާތައް ދެމުންދަނީ އިޒްރޭލުން ލެބަނަނަށް ހަމަލާދީ، އަދި ޣައްޒާގެ މައްޗަށް ހިންގަމުންދާ ހަނގުރާމަ ޖެނޮސައިޑެއް ކަމަށް ބުނެ ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، މި ސަރަހައްދުގެ އިސްތިޤްރާރަށް ނުރައްކާވެދާނެ ކަމުގެ ބިރު އުފެދިފައިވެއެވެ

ސީރިޔާގެ ވަގުތީ ބޮޑުވަޒީރު މުހައްމަދު އަލް-ބަޝީރު ވަނީ ސީރިޔާގެ ރައްޔިތުންނަށް "އިސްތިޤްރާރާއި ހަމަޖެހުން" ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އަސަދުގެ ވެރިކަމުގެ އިސް ފަރާތްތަކާއެކު މަސައްކަތްކޮށް، އާންމު ޚިދުމަތްތަކާއި މުއައްސަސާތައް އަލުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައެވެ.

އަނެއްކޮޅުން، ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނާ ގޮތުގައި އެމީހުން ވަނީ އުތުރު-އިރުމަތީގައި އޮންނަ ދެއިރު އަޒް-ޒޯރު ސިޓީ ކުރުދީ ބާރުތަކުގެ އަތުން އަތުލައިގަންފައެވެ. މީގެ އިތުރުން، ހަޔާތު ތަހްރީރު އަލް-ޝާމްގެ ލީޑަރު އަހްމަދު އަލް-ޝަރާއު ވަނީ ސީރިޔާ އަލުން ބިނާކުރުމަށް ވައުދުވެފައެވެ. އޭނާ ބުނި ގޮތުގައި 14 އަހަރުގެ ހަނގުރާމައަށްފަހު ސީރިޔާގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.