މާސިންގާ ކަށްވަޅު ފެނުނު ސަރަހައްދު: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
18 Dec 2024 | 11:29
ސޫރިޔާއިން މާސިންގާ ބޮޑު ކަށްވަޅެއް؛ 100،000 އަށްވުރެ ގިނަ ހަށިގަނޑު!

ސޫރިޔާގެ ކުރީގެ ސަރުކާރުން މަރާލި ކަމަށް ބެލެވޭ އެތައް ހާސް މީހުންގެ ކަށިތައް ހިމެނޭ މާސިންގާ ކަށްވަޅެއް ފެނިއްޖެއެވެ.

ދިމިޝްޤުގެ އުތުރުން 40 ކިލޯމީޓަރު ދުރުގައިވާ އަލް ޤުޠައިފާ ސަރަހައްދުން ފެނުނު މި މާސިންގާ ކަށްވަޅުގައި މަދުވެގެން 100،000 މީހުންގެ ހަށިގަނޑު ވާކަމަށް އެމެރިކާގައި ހިންގާ ސޫރިޔާގެ އެޑްވޮކަސީ ޖަމްޢިއްޔާއެއްގެ އިސްވެރިޔާ މުޢާޒު މުސްޠަފާ ވިދާޅުވެފައިވެއެވެ.

ރޯއިޓަރސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި މުޢާޒު މުސްޠަފާ ވިދާޅުވީ މި ކަށްވަޅުތަކުގައި ސޫރިޔާގެ ރައްޔިތުންގެ އިތުރުން އެމެރިކާ އަދި ބްރިޓިޝް ރައްޔިތުންނާއި އެހެނިހެން ބޭރު މީހުންގެ ހަށިގަނޑުތައްވެސް ހިމެނޭ ކަމަށެވެ. އަދި މިފަދަ އިތުރު ކަށްވަޅުތައް ހުރެދާނެ ކަމަށް އޭނާ ޔަޤީންކުރައްވައެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދުގެ ވެރިކަމުގައި 2011 ވަނަ އަހަރުން ފެށިގެން ހިނގި ހަނގުރާމައިގައި އެތައް ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. އަސަދުގެ ސަރުކާރުން އިންސާނީ ޙައްޤުތަކަށް އަރައިގަތްކަމުގެ ތުހުމަތުތައް ކުރެވޭއިރު، އޭގެ ތެރޭގައި ޖަލުތަކުގައި ގިނަ އަދަދެއްގެ މީހުން މަރާލުން ހިމެނެއެވެ.

އަސަދުގެ ސަރުކާރުން މި ތުހުމަތުތައް ދެކޮޅުހަދާ، އިންސާނީ ޙައްޤުތަކަށް އަރައިގަތްކަމުގެ ތުހުމަތުތައް ދޮގުކުރަމުން އައި ނަމަވެސް، މިހާރު އަސަދުގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. އެކަމަކު މި މައްސަލައާ ގުޅޭގޮތުން ސޫރިޔާގެ އދ. އަށް ކަނޑައަޅާފައިވާ ސަފީރު ޤުސައި އަލްދައްހާކު އަދި އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.