މަތިންދާ ބޯޓުގައި ރޯވުމުގެ ސަބަބުން ސަރަހައްދު ދުމުން ފުރިފައި: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
29 Dec 2024 | 10:33
181 މީހުންނާއެކު ދެކުނު ކޮރެއާއަށް ދަތުރުކުރި މަތިންދާ ބޯޓެއް ގޮވައިފި! މަރުވި މީހުންގެ އަދަދު 85 އިން މަތީގައި!

ދެކުނު ކޮރެއާގެ މުއާން ސިޓީގެ އެއަރޕޯޓެއްގައި މަތިންދާ ބޯޓެއް ވެއްޓި ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 85 މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ނެޝަނަލް ފަޔަރ އެޖެންސީން ބުނެފިއެވެ.

މި ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ހެނދުނު 9:03 ގައި (ގްރީންވިޗް މީން ޓައިމްގެ 00:03 ގައި) ތައިލެންޑުގެ ވެރިރަށް ބެންކޮކުން 175 ފަސިންޖަރުންނާއި 6 ކުރޫ މެންބަރުންނާއެކު އައި ޖެޖޫ އެއަރގެ ފްލައިޓެއް މުއާން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. މި އެއަރޕޯޓަކީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއިން 289 ކިލޯމީޓަރު (179 މޭލު) ދުރުގައި އޮންނަ އެއަރޕޯޓެކެވެ.

ނެޝަނަލް ފަޔަރ އެޖެންސީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މަރުވި 85 މީހުންގެ ތެރޭގައި 46 އަންހެނުންނާއި 39 ފިރިހެނުން ހިމެނެއެވެ. އަދި ހާދިސާގައި ދެ މީހަކު ސަލާމަތްވެފައިވާ ކަމަށާއި، އެ ދެ މީހުންނަކީވެސް ކުރޫ މެންބަރުން ކަމަށް އެޖެންސީން ބުނެފައިވެއެވެ. މަތިންދާ ބޯޓުގައި ރޯވި އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް އެޖެންސީން ބުނެފައިވެއެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ފަޔަރ އެޖެންސީގެ އޮފިޝަލުންނަށް ހަވާލާދީ ބުނެފައިވާ ގޮތުގައި އިތުރު މީހަކު ދިރިހުރުމުގެ އުއްމީދު ކުޑައެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ރޮބް މެކްބްރައިޑް ސޯލްއިން ރިޕޯޓުކުރި ގޮތުގައި މި ހާދިސާގައި ލޭންޑިންގ ގިއަރއަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބެލެވެއެވެ. އެގޮތުން މީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަނީ މަތިންދާ ބޯޓު ރަންވޭގައި ސްލައިޑްވަމުން ދިޔަ މަންޒަރެވެ. އެއަށްފަހު ބޮޑު ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އޭނާ ބުންޏެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭގެ ފަހުންވެސް ގިނަ އަދަދެއްގެ ގޮވުންތަކުގެ އަޑު އިވިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.