ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް-ޔޯލް: ދެކުނު ކޮރެއާގެ ރައީސް އޮފީސް
ދުނިޔެ
30 Dec 2024 | 11:06
ދެކުނު ކޮރެއާގެ ރައީސް ޔޫން ހައްޔަރުކުރުމަށް އެދިއްޖެ

ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް-ޔޯލް ހައްޔަރުކުރުމަށް އެދި އެ ޤައުމުގެ ފަރާތްތަކުން ކޯޓަށް ހުށަހަޅައިފިއެވެ. މިފަދައިން އެދިފައި މިވަނީ އޭނާ ކުއްލިގޮތަކަށް އިއުލާނުކުރި މާޝަލް ލޯ އާއި ގުޅިގެންނެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް އިންވެސްޓިގޭޝަން ހެޑްކުއާޓަރސްއިން މިއަދު ބުނެފައިވަނީ ރައީސް ޔޫން ހައްޔަރުކުރުމަށް އެދި ކޯޓަށް ހުށަހަޅާފައިވަނީ ބާރުގެ ނަހަމަ ބޭނުންކުރުމުގެ ދައުވާތަކުގެ ދަށުންނެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ޔޫން ތިން ފަހަރެއްގެ މަތިން ސުވާލުކުރުމަށް ހާޒިރުވުމަށް އެންގުމުން އެކަމަށް އިޖާބަ ނުދިނުމާ ގުޅިގެންނެވެ.

ޔޫން ހައްޔަރުކުރުމަށް އެދި ހުށަހަޅާފައިވާ މި ހުށަހެޅުމާ ގުޅިގެން ކޯޓުން ނިންމުމެއް ނިންމާނެއެވެ. މިފަދަ ހުށަހެޅުމެއް ހުށަހެޅުމަކީ ދެކުނު ކޮރެއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިނގާ ކަމެކެވެ.

ރައީސެއްގެ ހައިސިއްޔަތުން ޔޫންއަށް ގިނަ ކުށްތަކަކުން ދައުވާކުރުމުން ރައްކާތެރިކަން ލިބިފައިވީ ނަމަވެސް، އިންސަރެކްޝަން އަދި ޣައްދާރުވުމުގެ މައްސަލަތަކުގައި އެފަދަ ރައްކާތެރިކަމެއް ނުލިބެއެވެ.

ޔޫންގެ ވަކީލު ޔުން ގަޕް-ގޫން ވަނީ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް (ސީއައިއޯ) އިން މި މައްސަލައިގައި އަމަލުކުރަމުންދަނީ އެ އޮފީހުގެ އިޚްތިޞާޞްއިން ބޭރުން ކަމަށް ބުނެފައެވެ. އަދި މިކަމާ ގުޅިގެން ރަސްމީ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑިސެމްބަރ 3 ގައި ޔޫން ކުއްލިގޮތަކަށް މާޝަލް ލޯ އިއުލާނުކުރުމާ ގުޅިގެން ދެކުނު ކޮރެއާ ވަނީ އެ ޤައުމުގެ ތާރީޚުގައި އެންމެ ބޮޑު ސިޔާސީ ހަލަބޮލިކަމަކާ ކުރިމަތިލާންޖެހިފައެވެ. ޑިސެމްބަރ 14 ގައި ނެޝަނަލް އެސެމްބްލީން 204-85 ވޯޓަކުން ޔޫން އިމްޕީޗްކުރުމަށް ނިންމުމާ ގުޅިގެން އޭނާ ވަނީ މަޤާމުން ސަސްޕެންޑްކުރެވިފައެވެ.

ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން ޤައުމުގެ އެންމެ މަތީ ޕްރޮސެކިއުޓަރެއްގެ މަޤާމު ފުރުއްވާފައިވާ ޔޫންއާ ދެކޮޅަށް މިހާރު ކުރިމަތިވެފައިވާ އިންސަރެކްޝަންގެ ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ނުވަތަ މަރުގެ އަދަބު ލިބިދާނެ ކުށެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.