އިލަން މަސްކު: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
01 Jan 2025 | 10:38
އާ އަހަރާ ދިމާކޮށް އެލޮން މަސްކްގެ ނަން ”ބަދަލުކޮށްފި“

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ ބިލިއަނަރުންގެ ތެރެއިން އެކަކު ކަމުގައިވާ އެލޮން މަސްކް، އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) ޕްރޮފައިލްގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްފިއެވެ. މީގެ އިތުރުން އޭނާގެ ޕްރޮފައިލް ފޮޓޯވެސް މަޝްހޫރު 'ޕެޕޭ ދަ ފްރޮގް' މީމްގެ ފޮޓޯއަކަށް ބަދަލުކޮށްފައިވެއެވެ.

މި ބަދަލާއެކު މަސްކްގެ އައު ޕްރޮފައިލް ފޮޓޯގައި ވަނީ ރަން ކުލައިގެ އާމަރެއް ލައިގެން، ވީޑިއޯ ގޭމް ކޮންޓްރޯލަރެއް ހިފަހައްޓައިގެން ހުރި 'ޕެޕޭ ދަ ފްރޮގް' އެކެވެ. މި ފޮޓޯއަކީ އެތައް އަހަރެއް ވަންދެން އިންޓަނެޓްގައި މަޝްހޫރުވެފައިވާ، މީމްއެކެވެ.

މަސްކުގެ ޕްރޮފައިލް ފޮޓޯ އަކަށް ލާފައިވާ ފޮޓޯ

'ކެކިއަސް މެކްސިމަސް' އަކީ އީތަރިއަމް އަދި ސޮލާނާ ފަދަ ގިނަ ބްލޮކްޗެއިން ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ މީމް-އިންސްޕަޔަރޑް ކްރިޕްޓޯކަރަންސީ ޓޯކަނެކެވެ. މިއީ ފަހަކަށް އައިސް ކްރިޕްޓޯކަރަންސީ މާކެޓްގައި ފާހަގަކޮށްލެވޭ ޓޯކަނަކަށްވެ، އިންވެސްޓަރުންނާއި ޝައުގުވެރިވާ ފަރާތްތަކުގެ ސަމާލުކަން ލިބިފައިވާ ޓޯކަނެކެވެ.

ޑިސެމްބަރ 27 ގެ ނިޔަލަށް ކެކިއަސްގެ އަގު ހުރީ 0.005667 ޑޮލަރުގައެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި 497.56 އިންސައްތައިގެ ކުރިއެރުމެކެވެ.

މަސްކްގެ ޕްރޮފައިލް ނަން ބަދަލުކުރުމާއި ކްރިޕްޓޯކަރަންސީއާ ހުރި ގުޅުން އަދި ސާފެއް ނޫނެވެ. ނަމަވެސް މަސްކަކީ ކްރިޕްޓޯކަރަންސީއަށް ޝައުގުވެރިވާ މީހެކެވެ.

މަސްކްގެ އެކްސް ޕްރޮފައިލްގެ ނަން ބަދަލުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އޭނާ ބުނެފައިވަނީ "އަހަރެންގެ ނަން މިސްޓަރ ޓްވީޓަށް ބަދަލުކޮށްފިން، މިހާރު ޓްވިޓަރުން އަނބުރާ ބަދަލުކުރިޔަ ނުދޭ" ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.