ހަވާއިގައި ހަވާ އަރުވަނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
02 Jan 2025 | 10:14
ހަވާއީގައި ހަވާ އެރުވުމުގެ ތެރެއިން ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 3 މީހުން މަރުވެއްޖެ

ހަވާއީގެ ވެރިރަށް ހޮނޮލޫލޫގެ ރިހާއިޝީ ސަރަހައްދެއްގައި ހުރި ގެއެއްގައި އައު އަހަރަށް މަރުހަބާ ކިޔުމަށް ހަވާއެރުވުމުގެ ތެރެއިން ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެއެވެ.

މި ހާދިސާގައި އިތުރު 20 މީހުންނަށް ވަނީ އަނިޔާވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގީ އާންމުން ދިރިއުޅެމުންދާ ގެއެއްގެ ތެރޭގައެވެ. އަދި ޑްރޯން ފުޓޭޖުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ހަވާ އަރުވަމުން ދިޔައިރު ދުންތަކެއް އުޑަށް އަރަމުން ދިޔައެވެ.

ހޮނޮލޫލޫ އިމަޖެންސީ ސަރވިސަސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖިމް އައިލެންޑް ވިދާޅުވީ އޭނާ އެ ހާދިސާ ހިނގި ތަނަށް ދިޔައިރު ގޮވުމުގެ ސަބަބުން މީހުންނަށް އަނިޔާތައް ލިބުފައިވާތަން ފެނުނެވެ. އޭގެ

"އަޅުގަނޑު އިމަޖެންސީ މެޑިކަލް ސަރވިސަސްގައި އުޅޭތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އެހެންނަމަވެސް މިއީ އަޅުގަނޑު މިހާތަނަށް ދިޔަ އެންމެ ނުރައްކާތެރި ކޯލް." އައިލެންޑް ބުނެފައިވެއެވެ.

މީގެ އިތުރުން މި ހާދިސާއަށް އިޖާބަ ދިނުމަށް ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން، އައިލެންޑްގެ ޑިޕާޓްމަންޓުން 10 އެމްބިއުލަންސް ފޮނުވި ކަމަށާއި، އަދި ފެޑެރަލް ފަޔަރ ޑިޕާޓްމަންޓުގެ އެމްބިއުލަންސްތައްވެސް އެތަނުގައި ހަރަކާތްތެރިވި ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގީ އެމެރިކާގެ އެއަރ ފޯސް އަދި ނޭވީގެ ޖޮއިންޓް ބޭސްއަކާ ގާތުގައެވެ. އަދި ޕާލް ހާބަރުގެ އަލިފާން ނިއްވާ އުޅަނދުތައްވެސް މި ހާދިސާއަށް އިޖާބަ ދިނުމަށް އައި ކަމަށް ވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ހޮނޮލޫލޫ ފަޔަރ ޑިޕާޓްމަންޓްގެ ޖަސްޓިން ބްރައުންފީލްޑް ވިދާޅުވީ އެ ޑިޕާޓްމަންޓުން 8 ޔުނިޓާއި 2 ބެޓަލިއަން ޗީފުން މި ހާދިސާއަށް ފޮނުވި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.