ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ބިސްތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
02 Jan 2025 | 13:21
ކުކުޅުބިހުގެ އަގު 2 ރުފިޔާއަށް އުފުލިއްޖެ

ހުޅުމާލޭ ބާޒާރުގައި ކުކުޅު ބިހުގެ އަގު އުފުލި، ބިސް ލިބުން ދަތިވެއްޖެއެވެ.

ހުޅުމާލޭގައި މިވަގުތު ކުކުޅު ބިހުގެ އަގަު ހުރިގޮތަށް ބަލާއިރު، އެންމެ އަގުހެޔޮކޮށްވެސް ބިސް ލިބެންހުރީ 2 ރުފިޔާއަށެވެ. ހުޅުމާލެ ފޭސް2 ދޭއްގެ ބައެއް ފިހާރަތަކުގައި ބިހެއް 2.50 ރުފިޔާއަށްވެސް ވިއްކައެވެ. ފިހާރަތަކުން ބިސް ލިބެން ހުއްޓަސް، ބައެއް ފިހާރަތަކުގައި ބިސް ވިއްކަނީ ލިމިޓްކޮށެވެ. ހުޅުމާލޭ ބާޒާރުގައި ކުކުޅު ބިހެއްގެ އަގު 2 ރުފިޔާއަށް އުފުލިފައިވާއިރު، އާއްމު ގޮތެއްގައި ބާޒާރުގައި ކުކުޅު ބިހެއް 1.75 ރުފިޔާއަށް ލިބެން ހުރެއެވެ.

މިކަމާ ގުޅޭގޮތުން ހުޅުމާލޭގެ ބާޒާރަށް ގިނަ އަދަދަކަށް ބިސް އެތެރެކުރާ މުޑުވާލި ފިހާރައިން ބުނީ، މިވަގުތު އެތަނުންވެސް ބިސް ހުރީ ހުސްވެފައިކަމަށާއި، ހަވީރުގެ ވަގުތެއްގައި ބިސް ލިބޭނޭކަމަށެވެ. ވޮއިސްއާ މައުލޫމާތު ހިއްސާކުރި ބައެއް ވިޔަފާރިވެރިން ބުނީ، ބިސް ކަހަލަ ބައެއް ތަކެތި ލިބުން ދަތިވެގެން އުޅެނީ މޫސުން ގޯސްވެގެން ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ހުރުމުންކަމަށެވެ. މީގެ އިތުރުން ބޭރުފައިސާ ލިބުން ދަތިވުމަކީވެސް މި ބާވަތުގެ ތަކެތީގެ އަގުތައް އުފުލެން ދިމާވި ސަބަބެއްކަމަށް ވިޔަފާރިވެރިން ބުންޏެވެ.

ކުކުޅު ބިހުގެ އިތުރުން ހުޅުމާލޭ ބާޒާރުގައި ފިޔާ އަދި އަލުވީގެ އަގުތައްވެސް ވަނީ އުފުލިފައެވެ. މީގެ ކުރިން 16 ވަރަކަށް ރުފިޔާއަށް ފިޔާ ކިލޯއެއް ލިބުނު ނަމަވެސް މިހާރު ފިޔާކިލޯއެއް އެންމެ ހެޔޮވެގެންވެސް ހުރީ 20 ރުފިޔާއަށެވެ. އަލުވި ކިލޯއެއްގެ އަގު މިހާރުހުރީ 22 ރުފިޔާ އަށެވެ.

ބާޒާރުގައި ކުކުޅު ބިހާއި، އަލުވި އަދި ފިޔާގެ އަގު އުފުލިފައިވާއިރު، ކުރިއަށް އޮތް ރަމަޟާންމަހު މި ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އެސްޓީއޯއާއެކު މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. މިގޮތުން އެސްޓީއޯއިން ވަނީ ރަމަޟާންމަހަށް ދިވެހިން އާއްމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި މިހާރުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށާފައިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ޞުންބުލާ
''ނުދާނެ މައްޗަކަށް''.ސަރުކަރުން ބުނާނެ މިހެން. ގޮތް ބަލަން މިހާރުވެސް އަހާބަލަ.
02 Jan 2025
ޢުމެއިރު
އަބަދުވެސް އައްޑޫ ސިޓީގައި މިސަރުކާރު އައިފަހުން ބިސް ވިއްކަނީ 2.75 ދެ ރުފިޔާ ހަތްދިހަ ފަސްލާރިއަށް މިހާރު ވިށްކާނެ އަގެއްވެސް ނޭނގެ.
03 Jan 2025
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.