ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ
ދުނިޔެ
05 Jan 2025 | 10:29
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ޓޮމިކޯ އިޓޯކާ 116 އަހަރުގައި މަރުވެއްޖެ

ގިނެސް ވޯލްޑް ރެކޯޑްސްއިން ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ފާހަގަކޮށްފައިވާ ޖަޕާނުގެ އަންހެނެއް ކަމުގައިވާ ޓޮމިކޯ އިޓޯކާ 116 އަހަރުގައި މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓޮމިކޯ އިޓޯކާ މަރުވެފައިވަނީ ހިޔޯގޯ ޕްރިފެކްޗަރގެ އަޝިޔާ ސިޓީގައި ހުންނަ ނަރސިންގ ހޯމެއްގައެވެ.

އޭނާ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ކަނޑައެޅުނީ ސްޕެއިންގެ މަރިއާ ބްރަންޔަސް މޮރެރާ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު 117 އަހަރުގައި މަރުވުމާ ގުޅިގެންނެވެ.

"އިޓޯކާ ސަން އޭނާގެ ދިގު އުމުރުން އަޅުގަނޑުމެންނަށް ހިތްވަރާއި އުންމީދު ދެއްވި. އަޅުގަނޑުމެން އެކަމަށްޓަކައި އޭނާއަށް ޝުކުރު އަދާކުރަން."އަޝިޔާ ސިޓީގެ 27 އަހަރުގެ މޭޔަރު ރިޔޯސުކެ ޓަކަޝިމާ ބަޔާނެއްގައި ވިދާޅުވިއެވެ. "

އިޓޯކާ އުފަންވެފައިވަނީ 1908 ވަނަ އަހަރުގެ މެއި މަހުގައެވެ. މިއީ ފުރަތަމަ ބޮޑު ހަނގުރާމައަށް 6 އަހަރު ކުރިންނެވެ. އަދި އެމެރިކާގައި ފޯޑް މޮޑެލް ޓީ ކާރު ތަޢާރަފުކުރި އަހަރެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ މީހާކަން ކަށަވަރުކުރެވުނެވެ. އަދި ޖަޕާނުގެ ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމް އަދާކުރުމަށް ކޮންމެ އަހަރަކު ފާހަގަކުރާ "ރެސްޕެކްޓް ފޯ ދަ އޭޖްޑް ޑޭ" ގައި އޭނާއަށް ގިނެސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ސެޓްފިކެޓް ހަވާލުކުރެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.