އަތުހަރު: އޭނާގެ މަރުގެ މައްސަލައިގައި ދެ ފުލުހަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައި --
ހަބަރު
06 Jan 2025 | 09:54
އަތުހަރުގެ މަރާއިގުޅިގެން ދެ ފުލުސް އޮފިސަރަކަށް ދައުވާ ކުރަން ފޮނުވައިފި

މިދިޔަ އަހަރުގެ އޮގަސްޓް 29ގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި ޖަލު ގޮޅީގައި ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމާ ގުޅިގެން ހާލު ދެރަވެ، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އަތުހަރު މަރުވެފައިވާއިރު، އޭނާގެ މަރާއި ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. 

އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވަނީ ތަހުގީގު ކޮށްފައެވެ.

އެކަމާއި ގުޅިގެން އެޗްއާރސީއެމުން މިއަދު "ވޮއިސް"އަށް މައުލޫމާތު ދެމުން ބުނީ، އެ މައްސަލައިގައި ޝާމިލުވާ ދެ އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ނަމަވެސް އެކަމާއިގުޅެ އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު، ފުލުހުން އަތުހަރު ހައްޔަރު ކުރީ، އޭނާގެ ލޯބިވެރިޔާކަމަށް ބުނާ އަންހެން މީހާއަށް ވަޅިން ބިރުދެއްކުމަށްފަހު ސައިކަލުގައި އެ އަންހެންމީހާ ގޮވައިގެން ފިލަން މަސައްކަތްކުރަމުން ދަނިކޮށެވެ. 

ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް އަނިޔާވެފައިވާއިރު، އެ އަނިޔާތަކަށް ހޮސަޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫނިދޫ ޖަލަށް ވަނީ ގެންގޮސްފައެވެ. އަތުހަރު ދަންޖެހުނީ އެތަނުގައި ހުރެއެވެ. އަދި އޭނާ މަރުވީ އަޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.