އެމްޖީ ސްޕޯޓްސް އެކަޑަމީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން...ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ކުޅިވަރު
07 Jan 2025 | 23:15
އެމްޖީ ސްޕޯޓްސް އެކެޑަމީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބާއްވައިފި

ކ. ކާށިދޫގެ އެމްޖީ ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް އެކަޑަމީ ގުޅިގެން ކާށިދޫގައި ކުރިއަށް ގެންދާ އެމްޖީ ސްޕޯޓްސް އެކަޑަމީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ހޯމަ ދުވަހު ހަވީރު ކާށިދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި މިހަފްލާ ޝަރަފްވެރިކޮށްދެއްވީ އެމްޖީ ސްޕޯޓްސް އެކަޑަމީގެ ހެޑްކޯޗު އަދި ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ނިޒާމް އެވެ. އަދި މިހަފްލާގައި އެކެޑަމީގެ ކޯޗުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިހަފްލާގައި އެކަޑަމީގެ ކޯޗުން މިދިޔަ އެއްއަހަރު ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓް ދީފައިވާއިރު، އެކަޑަމީގެ ދަރިވަރުންގެ މެދުގައި ގުރުއަތުން ހޮވުނު 12 ދަރިވަރަކަށް (އެއްއަހަރުގެ މުއްދަތަށް) ކޮންމެ މަހަކުވެސް ކޮންމެ ވެސް އެއްކުއްޖެއްގެ މަހު ފީ ހިލޭ ލިބޭ ވައުޗާއެއް ވަނީ ހަވާލުކޮށްފައެވެ. 

މިހަފްލާގައި އެމްޖީ ސްޕޯޓްސް އެކަޑަމީގެ ސްޕޯޓްސް ފިއެސްޓާ 2025 މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ނިންމިކަން އިއުލާންކުރުމުގެ އިތުރުން އަންނަ އަހަރުގެ އަހަރީ ފަހްލާގައި އެކަޑަމީގެ ކޮންމެ އުމުރުފުރާއަކުން، އެންމެ ރަނގަޅު ތިން ދަރިވަރުން ހޮވުމަށް ނިންމާފައިވާކަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން މިހަފްލާ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޭކެއް ފެޅުމުގެ އިތުރުން އެކަޑަމީގެ ހުރިހާ ދަތިވަރުންނަށް ޚާއްސަ ސަޔެއް ތައްޔާރުކުރެވިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ