އެސްޓީއޯ ރަމަޟާން ބާޒާރު ފެށުން: ފޮޓޯ/ ވޮއިސް
ވިޔަފާރި
10 Jan 2025 | 09:35
ނަސީބުވެރި ފަރާތަކަށް 100،000 ރުފިޔާގެ އިނާމާއެކު އެސްޓީއޯ ރަމަޟާން ބާޒާރު 2025 ފެށިއްޖެ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން އިއްޔެ ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 މާރިޗު 2025 ގެ ނިޔަލަށެވެ.

އެސްޓީއޯގެ މި ރަމަޟާން ބާޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަޤްބޫލު އެއް ސޭލްކަމުގައި ފާހަގަކުރެވެއެވެ. މި އަހަރުގެ ބާޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ އެސްޓީއޯއިން ބުނެއެވެ. 

އެސްޓީއޯއިން ބުނިގޮތިގައި މި އަހަރުގެ ރަމަޟާން ބާޒާރުގައި %50 އާ ހަމައަށް ހޯމް އެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން ބާޒާރު 2025 ގެ އެންމެ ޚާއްޞަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެކަން އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ. މިއީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު ޝައުޤުވެރިކަން ހުރި އިނާމެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު މަޖާއާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެސްޓީއޯގެ މި ރަމަޟާން ބާޒާރަކީ ރޯދަ މަހަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ސަބަބުން ގިނަ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ބޭނުންވާ ތަކެތި ގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.