އަވަސް އެޕް ތައާރަފްކުރުމުގެ ގޮތުން ބޭއްވި ކުޑަކުދިންގެ ހަވީރު..
ހަބަރު
11 Jan 2025 | 10:00
ގިނަ ހަރަކާތްތަކެއް ހިމެނުނު ހަފްލާއަކާއެކު އަވަސް އެޕް ލޯންޗުކޮށްފި

ގިނަ އަދަދެއްގެ ބަޔަކު އެ އެޕަކަށް އިންތިޒާރުކުރަމުންދިޔަ، އަވަސް ރެއިޑްގެ އައު އެޕްލިކޭޝަން "އަވަސް އެޕް" ބޮޑެތި ބަދަލުތަކާއެކު ލޯންޗުކޮށްފިއެވެ.

އަވަސް އެޕް ތައާރަފްކުރުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން ސެންޓްރަލް ޕާކްގައި ވަނީ ހަވީރުން ފެށިގެން 21:30 ހާ ހަމަޔަށް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަވަސް އެޕް ތައާރަފްކުރުމުގެ ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުންނެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިފައިވށާއިރު، މި ހަވީރުގައި ރޮބޯމޭން ބައިވެރިވެފައިވާއިރު، ކުޑަކުދިންގެ ހަވީރު ކުރިއަށްދިޔައީ ގިނަ ކުޅިވަރުތަކެއް ހިމެނޭގޮތަށެވެ.

އަވަސް އެޕް ރަސްމީކޮށްފައިވަނީ ރޭ ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ. އަވަސް އެޕް ތައާރަފްކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އަވަސް އެޕް ތައާރަފްކުރުމުގެ ގޮތުން ރޭ ވަނީ ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން އަވަސް އެޕްލިކޭޝަން ފޯނަށް އަޅައިގެން ގުރުއަތުން ހޮވުނު ފަރާތަށްވަނީ ޕީއެސް 5 ހަވާލުކޮށްފައެވެ. 

އަވަސް ރައިޑަކީ ގިނަ ބައެއްގެ މެދުގައި ވަރަށްބޮޑު މަގްބޫލުކަމަކާއި އިތުބާރެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. ޓެކްސީއެއް ހޯދަންވެއްޖެނަމަ އެންމެފުރަތަމަ ހިތަށް އަންނަނީ އަވަސް ރައިޑެވެ. އަވަސް ރައިޑުގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރު މާލެސިޓީންނެވެ. ނަމަވެސް މިއަދު އަވަސް ރައިޑުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅޫތަކުގައި ދެއެވެ. އަވަސް އެޕްގައި 3،000 ހަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އަވަސް އެޕް މުޅީން އައު ބަދަލުތަކާއެކު ތައަރަފްކޮށްފައިވާއިރު، އަވަސް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އޮންލައިނުކޮށް ގިނަ ހިދުމަތްތަކަކަށް އެދެވެއެވެ. މިއީ އޮންލައިނުކޮށް ހިދުމަތްތައް ހޯދަމުންދާ މިފަދަ ޒަމާނަކަށް ކޮންމެހެންވެސް ބޭނުންވާ ބަދަލެއްކަމަށް އަވަސް އެޕާ ގުޅޭގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.