މާލެސިޓީ ކައުްނސިލުގެ މުއައްޒަފުން ވެލިބަސްތާ ތައްޔާރުކުރުމުގައި.. ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
12 Jan 2025 | 20:37
ކުރިއަށްއޮތް ދެ ތިން ދުވަހެއްގެ ތެރޭގައި މޫސުން ގޯސްވެދާނެތީވެ، މާލެސިޓީ ކައުންސިލް އެލާޓްގައި!

ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެދާނެތީވެ، މާލެސިޓީ ކައުންސިލުން އެކަމަށް ތައްޔާރުވާން ފަށައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ހުޅަނގު ދެކުނު ބޭއޮފް ބެންގާލުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށްޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދި މާދަމައިން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން މާލެސިޓީ ކައުންސިލުން ވަނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަވެދާނެ ކަމަށް މޫސުމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ، ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވެލި ބަސްތާ ތައްޔާރުކޮށް ދުރާލާ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނެފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ހާއްސަ ކޮމިޓީއެއްވެސް އުފައްދާފައެވެ. މި އުފެއްދި ކާރިސާ ކޮމިޓީގެ ބޭނުމަކީ މޫސުން ގޯސްވުމާ ގުޅިގެން ލިބޭ ގެއްލުންތައް ވިލަރެސްކުރުންކަމަށް ސިޓީކައުންސިލުން ފާހަގަކުރެއެވެ

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ކުރިއަށްލަފާކުރާ ގޮތާ ބެހޭގޮތުން މެޓް އޮފީހުން ބުނެފައިވަނީ، މާދަމައިން ފެށިގެން ޖެނުއަރީމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި،  ވަޔާއި ކަނޑުތައް ގަދަވާނޭކަމަށެވެ. މީގެ އިތުރުން ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.

މިކަމާ ގުޅޭގޮތުން ޑިޒާސްޓާ އޮފީހުން ބުނީ، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ފާހަގަ ކޮށްފައިވާ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ:

- ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން

- ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން

- ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުން ވާނެ ފަދަ މުދާ އުސް ތަންތަނަށް ބަދަލުކުރުން

- ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ބަނދެ ރައްކަކުރުން

- ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާކުރެވޭނަމަ، ކުރިޔާލައި ފުރާޅު ހައްޔަރުކުރުން

- ކަރަންޓުން ބޭނުން ކުރާ ތަކެތި، ބޭނުން ނުކުރާ ވަގުތު ތަކުގައި ނިއްވާލާފައި ބެހެއްޓުން

- ކަނޑުދަތުރުފަތުރު ކުރާނަމަ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން

- ދަތުރަކަށް ފުރުމުގެ ކުރިން، ސަލާމަތީ ކަންކަން ކަށަވަރުކުރުމާއި މުވާސަލާތީ ނިޒާމުގެ ފުރިހަމަކަން ޔަޤީން ކުރުން

- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެހެން ދުރާލާ ކަންކަން އިންތިޒާމުކުރުން.

- ހާއްސަކޮށް މާލޭގައި ފެންބޮޑުވެފައިވާ ހާލަތްތަކުގައި ބަރު އުޅަނދު ނުދުއްވުން

ކުރިއަށްމިއޮތް ދުވަސްތަކުގެ ތެރޭގައި މޫސުން ގޯސްވެދާނޭކަމަށް ލަފާކޮށްފައިވާއިރު، މިދިޔަ ދުވަސްތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް ގެތަކަށާއި އެތަންތަނުގައި ދިރިއުޅެމުންދިޔަ އާއިލާތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.