ރައީސް ޑރ.މުއިއެްޒު އެސްޓޯނިއާއަށް ފުރާވަޑައިގަތުމަށްޓަކައި ވީއައިއޭގައި..... ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Jan 2025 | 22:49
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުއިއްޒު، އެސްޓޯނިއާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ އެސްޓޯނިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް ޑރ.މުއިއްޒުގެ މި ދަތުރުފުޅަކީ، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ޒިޔާރަތެވެ. މި ދަތުރުފުޅާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށެވެ. މި މަޝްވަރާތަކުގައި ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސްގެ ދާއިރާތަކުންނާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކުގައި އަދި ސައިންސާއި ތަޢުލީމުގެ ދާއިރާއިން ދެގައުމުން އެއްބާރުލުން ދެވިދާނެ ދާއިރާތައް ހިމެނެއެެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒު، އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރޓޫ ސިޓީއަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ސިޓީގައި ހުންނަ ޓާރޓޫ ޔުނިވަރސިޓީއަކީ ސައިންޓިފިކް ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެކެވެ. އެގޮތުން އެމަނިކުފާނު މި ޔުނިވަރސިޓީއަށާއި، އެތަނުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓާއި، އެސްޓޯނިއާގެ ޖީނޯމް ޑޭޓާބޭސް ސެންޓަރަށާއި، ގްރީންއެނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުވުންތަކާއި މަޝްވަރާތަކުގައި އެސްޓޯނިއާގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާއިރު، ރައީސް ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުން ދެ ޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތައް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވަޒީރު ޢަލީ އިޙްސާނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދަކާއިއެކު، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ފަރާތްތަކުގެ މައްޗަށް އެކުލެވޭ އެކުލެވޭ އަމިއްލަ ވަފުދެއްވެސް ވަޑައިގަންނަވާއިރު، މި ވަފުދުން އެސްޓޯނިއާގެ ޑިޖިޓަލް ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކާ ބައްދަލުކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.