ދޯންޏަކުން މަސް ބާނަނީ: ފޮޓޯ/ އިންޓަނެޓް
ހަބަރު
13 Jan 2025 | 10:01
މަސްވެރިކަން ރަނގަޅުވެ، މަސްކިރާ އަދަދު އިތުރުވާން ފަށައިފި!

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.

މި ދޭތެރެއިން މިފްކޯއިން މަސް ގަންނަ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ ޑިސެންބަރު 23ގައި މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ 55 މެޓްރިކް ޓަނުގެ މަހަށް ކަމަށް ވާއިރު، އެމަހުގެ 24ވަނަ ދުވަހު ފައިސާ ދޫކޮށްފައިވަނީ 82 މެޓްރިކު ޓަނުގެ މަހަށެވެ.

އެހެން ނަމަވެސް، މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ 7 ދުވަހު، އެވަރޭޖްކޮށް ކޮންމެ ދުވަހަކު 272 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. 

އެގޮތުން، ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި 321 މެޓްރިކު ޓަނުގެ މަސް ވަނީ ގަނެފައެވެ. އެއީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސަށް 50.70 މެޓްރިކް ޓަން، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސަށް 221.12 މެޓްރިކް ޓަން އަދި، އައްޑޫ ފިޝަރީޒް ކޮމްޕެލެކްސަށް ކިރި 48.71 މެޓްރިކް ޓަނުގެ މަހެވެ.

މީގެ އިތުރުން ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހު މިފްކޯއަށް ވަނީ 492 މެޓްރިކު ޓަނުގެ މަސް ގަނެފައެވެ. އެއީ ޖުމްލަ 110 އޮޑިއަކުން އެ ދުވަހު މިފްކޯއަށް ކިރި މަހެވެ. އެއަށްވާ ފައިސާގެ ގޮތުގައި 5.7 މިލިއަން ރުފިޔާ މިފްކޯއިން އެ ދުވަހު ދޫކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.