އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުނުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
13 Jan 2025 | 10:58
މިމަހު 31 ގައި އޮންނާނީ ސުލްހަވެރި ހަރަކާތެއް؛ އެމްޑީޕީ އަކީ ސުލްހަވެރި ހަރަކާތް ހިންގުމަށް ފަރިތަ ޕާޓީއެއް: އަނަސް

މިމަހު 31 ވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ މަގުމަތީ ހަރަކާތަކީ، ސުލްހަވެރި ހަރަކާތެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ. 

މި މަހުގެ 31ގައި އެމްޑީޕީން އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށް، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ، ގައުމުގެ މަސްލަހަތު ނަގާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

އެމަނިކުފާނުގެ އެ ވާހަކަފުޅަކީ އެމްޑީޕީއަށް ދެއްވި އިންޒާރެއް ކަމަށް ބުނެ އެޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަނަސް ވިދާޅުވީ، މިމަހުގެ 31 ގެ ނިޔަލަށް އެމްޑީޕީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. 

އަޅުގަނޑުމެން (31 ވަނަ ދުވަހު ބާއްވާ) ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް. އެމްޑީޕީ އަކީ އިންތިޒާމްކޮށް ރޭވިގެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ފަރިތަ ޕާޓީއެއް. މި ޕާޓީ އަކީ ގާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިންނާއި ފަހުންވެސް ވުޖޫދުގައި އޮތް، މިހާތަނަށް ދެމިއޮތް ހަމައެކަނި ޕާޓީ. 

އަނަސް އަބްދުއްސައްތާރު

މިއާއެކު އަނަސް ވިދާޅުވީ، 31 ވަނަ ދުވަހު ބާއްވާ ހަރަކާތް ވަރުގަދަ ކުރުމަށްޓަކައި އެޕާޓީއާއި ބައިވެރިވާނެ އެހެން ފަރާތްތަކާއި ވާހަކަދެކެވި އެފަރާތްތަކަށްވެސް ދައުވަތު އަރުވާފައިވާނެ ކަމަށެވެ. އެގޮތުން، އެކި ޕާޓީ ތަކާ ވާހަކަދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރު ނިމި، ރައީސް ޑރ މުއިއްޒުގެ ސަރުކާރު ފެށުނު އެންމެ އަހަރެއްވީތަނާ އެމްޑީޕީއިން މަގުމަތީ ހަރަކާތްތަކަށް ނިކުންނަން ނިންމީ "ގާނޫނު އަސާސީގެ ދިފާއުގައި" ނިކުންނަން ވެއްޖެކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. މިއީ އެޕާޓީން މިފަހުން ބާއްވާ ފުރަތަމަ މަގުމަތީ ހަރަކާތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.