މާލެ ސިޓީ ކައުންސިލުން ވެލި ބަސްތާ ޖެހުމުގެ މަަސައްކަތްކުރަނީ-- ފޮޓޯ: އެންޑީއެމްއޭ
ހަބަރު
13 Jan 2025 | 10:45
ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ، ކުރިއާލައި މާލޭގެ 50 އަށްވުރެ ގިނަ ގޭގައި ވެލިބަސްތާ ޖަހައިފި

ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ، މާލެ ސިޓީ ކައުންސިލުން ކުރިއާލައި މާލޭގެ 50 އަށްވުރެ ގިނަ ގޭގައި ވެލިބަސްތާ ޖަހައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެން ބޮޑުވާކަމަށް ފާހަގަކުރެވޭ، ނާޒުކު 56 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރޭގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ވާރޭ ވެހުމާއި ގުޅިގެން މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، މާލެ ސިޓީ ކައުންސިލުން ބުނީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުވާކަމަށް ފާހަގަ ކުރެވޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިހާތަނަށް 800 ވެލި ބަސްްތާ މާލޭގެ އެކި ސަރަހައްދުތަކުގައި ޖެހިފައިވާކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އެއިދާރާއިން ބުނީ، ރާއްޖޭގެ އިރުމަތީގައި ސަރކިއުލޭޝަންއެއް އުފެދެމުން އަންނައިރު، އޭގެ އަސަރު މިއަދުން ފެށިގެން ކުރާނެކަމަށް ބެލެވޭކަމަށެވެ. 

ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ބުނެފައެވެ. މެޓް އޮފީހުން ބުނީ، އެދުވަސްތަކުގައި ރާއްޖެ ސަރަޙައްދުގެ ވައި ބާރުވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭކަމަށެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ދިމާވެދާނެ ކާރިސާއަކަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ