ފާތުން
ހަބަރު
13 Jan 2025 | 16:11
ޑިސެބިލިޓީ ކައުންސިލްގެ ރައީސަކަށް ފާތުން އިންތިހާބުކޮށްފި!

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހޯދައިދިނުމަށް އުފައްދާފައިވާ "ޑިސެބިލިޓީ ކައުންސިލް" ގެ ރައީސްކަމުގެ މަޤާމަށް އެދާއިރާއިން ހިދުމަތްތަކެއް ކުރަމުން އަންނަ ފާތިމަތު އިބްރާހިމް (ފާތުން) އިންތިހާބުކޮށްފި އެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގެ ދަށުން، އުފައްދާފައިވާ ޑިސެބިލިޓީ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ނުކުޅެދުންތެރިކަން ހުންނަ މީހަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. ފާތުންނަކީ މިހާރުވެސް ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަމްސީލު ކުރާ މެމްބަރެވެ. އޭނާ އެމަގާމަށް އިންތިހާބުކޮށްފައިވަނީ 2022 ވަނަ އަހަރެވެ.

މިކަމާ ގުޅިގެން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގެ އިތުރުން، ދަރުމަވެރިއެއްގެ ގޮތުގައިވެސް އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ފާތުން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ހައިސިއްޔަތުން މިފަދަ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އާދެވުނީ ވަރަސްގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ. އުއްމީދަކީ ޤާނޫނާއި ޤަވާއިދު ތަންދިން މިންވަރަކުން މަޤާމުގެ ޒިއްމާތައް ވީ އެންމެ ފުރިހަމައަށް އަދާކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު މުޖުތަމައުގެ ބައެއް މީހުން ދެކެމުންއަންނަ ގޮތް ބަދަލުކުރުން ކަމަށެވެ.

ފާތުން ވިދާޅުވީ އޭނާގެ ދައުރުގައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ޑިސެބިލިޓީ ކައުންސިލްގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، އެތަނަކީ ރައްޔިތުން ގަބޫލުކުރާފަދަ ކައުންސިލަކަށް ހެއްދެވުން ކަމަށެވެ. ފާތުން ވިދާޅުވީ މީހެއްގެ ކިބާގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކައުންސިލެއްގެވެސް އަދި އެހެންވެސް ތަނެއްގެ އިސް މަގާމެއް އަދާކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ. 

ދިވެހި ރެޑްކްރަސަންޓްގެ ގަވަރނިން ބޯޑުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ފާތުންނަކީ ލޮލަށް ފެނުމުގައި ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް ވަރަށް ހަރަކާތްތެރި ކަނބަލެކެވެ. ފާތުން ވަނީ ބްލއިންޑް ރަނާ ހާފް މެރަތަން އަދި ދިގު ދުވުމުގެ ޤައުމީ ރެކޯޑް ގާއިމްކޮށްފައެވެ. މީގެ އިތުރުން ފާތުންނަކީ، ޕެރައޮލިންޕިއަނެކެވެ. އޭނާ ވަނީ އައިއޯޖީ މުބާރާތުން ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި ފާތުންނަކީ ރާއްޖޭގައި ހަމަކަނި ލައިސަންސް އޮތް ބްލައިންޑް އޯޕަން ވޯޓާ ޑައިވަރެވެ.

އަމަލީ މައިދާނުގައި ފާތުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ރެހެނދި އެވޯޑާއި، ރިވެލި އެވޯޑުގެ އިތުރުން ރިވެލި ތަރި އެވޯޑް ހޯދާފައެވެ. އަދި ފާތުންނަށް ވަނީ މިދިޔަ އަހަރު ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑުވެސް ހާސިލްކޮށްފައެވެ.

ފާތުން ވަނީ ބްލައިންޑް އެސޯސިއޭޝަނާއި، ރެޑް ކްރޮސަންޓްގެ އިތުރުންވެސް ގިނަ އަދަދެއްގެ ޖަމިއްޔާތަކުގައި ހަރަކާތްތެރިވެ، އިޖުތިމާއީގޮތުން ގިނަ ހިދުމަތްތަކެއްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.