ރައީސް ނަޝީދު
ހަބަރު
13 Jan 2025 | 17:20
އެމްޑީޕީ އަދި ޑިމޮކްރެޓްސް، މިއިން އެއްވެސް ޕާޓީއެއްގައި މިވަގުތު، އަމަލީގޮތުން ހަރަކާތްތެރިއެއް ނުވާނަން: ރައީސް ނަޝީދު

އެމްޑީޕީ އަދި ޑިމޮކްރެޓްސް، މިއިން އެއްވެސް ޕާޓީއެއްގައި މިވަގުތު އަމަލީގޮތުން ހަރަކާތްތެރި ނުވާނޭކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން އެމްޑީޕީއަށް ބަދަލުވެފައިވަނިކޮށް،  ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެމަނިކުފާނުގެ އަމިއްލަ ދަރިއެއްފަދަ ޕާޓީއެއްކަމަށާއި، ޑިމޮކްރެޓްސް އަކީ ޒުވާނުންނަށް ސިޔާސީ މަސައްކަތްތަކައިގެން ކުރިއަށްދިއުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެން އެއްވެސް ޕާޓިއެއްގައި އަމަލީގޮތުން ހަރަކާތްތެރިވެގެން މިވަގުތު ސިޔާސީ މަސައްކަތްތައް ކުރުމުގެ ވިސްނުމެއް އެމަނިކުފާނުގެ ނެތްކަމަށެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނޭ މީހެއް ނޫންކަމަށެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ނަން ގަތުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މިވަގުތު މިއިން އެއްވެސް ޕާޓީއެއްގެ ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ނޫޅެވުނު ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުން މުޅިން ދުރުވުމުގެ ވިސްނުމެއް ނެތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ

ޤައުމުގެ ތަރައްޤީ އާއި ރައްޔިތުންގެ ތަނަވަސްކަމަށް އެންމެބޮޑަށް ބޭނުންވާ އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ގެ ރިޔާސީ އިންތިހާބަށްފަހު ޤައުމަށް އާމްދަނީ ހޯދުމަށް ކުރެވުނު ކަންތައްތަކާއި ލިބުނު އާމްދަނީން ޤައުމަށް ލިބުނު އުމްރާނީ ތަރައްޤީއާއި ރައްޔިތުންނަށް ލިބުނު އިޖުތިމާއީ ރައްކާތެރިކަމުން ދޭހަކޮށްދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާކަމަށެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓްގެ ހަރަކާތްތަކުގައި އަމަލީގޮތުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސް އަކަށް ހުންނެވި ޝިފާޒް އެޕާޓީން ވަކިވެ ވަޑައިގެން، އިއްޔެ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކޮށްފައެވެ. އަދި ހުސައިން އަމްރު އާއި އަލީ އާޒިމްވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މިކަމާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޡް ފަހުމީ ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ހުންނެވީ ޑިމޮކްރެޓްސް އާއެކުކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލް ތަފާތުވުމެއްގެ ތެރެއިން ރައީސް ނަޝީދު އެޕާޓީ ދޫކޮށްލެއްވީ 2023 ވަނަ އަހަރެވެ. އޭގެ ކުރިން ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ވާދަކުރައްވައި ރައީސް ނަޝީދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ރައީސް ނަޝީދު މިހާރު ގިނައިން ހުންނަވަނީ ސިޔާސީ ކަންކަމާއި، ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ. ރައީސް ނަޝީދު ވަނީ ސިޔާސީ ހަރަކާތްތަކުން ދުރައްޖެހިލައިގެން ހުންނެވިކަން 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.