ހަމްދާ އަދި ހަސަން ލަތީފް މީގެކުރިން ޑިމޮކްރެޓްސްގައި މަސައްކަތްކުރެއްވިއިރު..
ހަބަރު
13 Jan 2025 | 18:15
ހަސަން ލަތީފް، ޑިމޮކްރެޓްސް ކިލަނބުކޮށްފި: ހަމްދާ

ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފްގެ އަމަލުތައް މިހާރު ހުންނެވީ ޑިމޮކްރެޓްސް ޕާޓީއަށް ކިލަނބުކަން އަންނާނޭ ގޮތަށްކަމަށް އެޕާޓީގެ އަންހެނުންގެ ލީޑަރު ހަމްދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި، ހަސަން ލަތީފް ވަނީ އެޕާޓީން ވަކިވެ ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވެފައިވަނީ، ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފަންކުރުވައިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު އޮތްކަން ގަބޫލުކުރަން ދަތިކަމަށް ވިދާޅުވެފައެވެ. ހަސަން ވިދާޅުވީ ޑިމޮކްރެޓްސްއާ ހިލާފަށް، އެމްޑީޕީއަކީ ބޮޑު ޕާޓިއެއްކަމުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކުރެވޭނެ މަސައްކަތްތައް ގިނަވާނެ ކަމަށެވެ.

ހަސަލް ލަތީފުގެ މިވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާ ވިދާޅުވީ، އެއްމޭއްޒެއްގައި އެންމެން ތިބެ ކުރިޔަށް ދާނެ ގޮތުގެ މަޝްވަރާކޮށް، އެއްބަސްވުންތަކަށް އައި އިރު، ހަސަން ލަތީފްގެ ބަސްމަގު އިއްޔެއާ ހަމަޔަށްވެސް ހުރީ އެދެއްކެވި ވާހަކަތަކާ ދިމާ އިދިކޮޅަށް ކަމަށެވެ. ސިޔާސީ މަސައްކަތްތަކަށް ޑިމޮކްރެޓްސްގައި އޮތް ޖާގަ އެންމެ ރަނގަޅަށްވެސް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ހަސަން ލަތީފްކަން ފާހަގަކުރައްވަމުން ހަމްދާ ވިދާޅުވީ، ހަސަންގެ އަމަލުތައް މިހާރު ހުރީ ޑިމޮކްރެޓްސްގެ މަސައްކަތްތަށް ކިލަނބުވާހެން އަމިއްލަ އެޖެންޑާ ދިފާއުކުރުމަށް ކަމަށެވެ.

ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ޕާޓީން ވަކިވުމާ ގުޅިގެން އިއްޔެ އެޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމްދާ ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ މުސްތަގްބަލް އަދި ފެށުނީކަމަށާއި، ދެން ޕާޓީގެ މަސައްކަތްތައް ދާނީ އިހަށްވުރެ ބާރަށްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.