މާލެސިޓީ ކައުންސިލްގެ މުއައްޒަފުންތަކެއް ވެލިބަސްތާ އުފުލުމުގެ މަސައްކަތުގައި...
ހަބަރު
13 Jan 2025 | 20:52
މާލޭގެ އެކި ސަރަހައްދުތަކުގައި 2،500އަށް ވުރެ ގިނަ ވެލިބަސްތާ ޖަހައިފިން: މާލެސިޓީ ކައުންސިލް

ކުރިއަށްމިއޮތް ދުަވސްތަކުގައި ވިއްސާރަވެ، ފެންބޮޑުވާނޭކަމަށް ލަފާކުރެވޭތީ، މާލޭގެ އެކި ސަރަހައްދުތަކުގައި 2،500އަށް ވުރެ ގިނަ ވެލިބަސްތާ ޖަހާފައިވާކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ ޖެނުއަރީމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެމޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުތައް ގަދަވާނޭކަމަށް ލަފާކޮށްފައިވާއިރު، ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ވަނީ ކުރިއަށް މިއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެތީވެ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވާނޭކަމަށް ލަފާކުރުމާ ގުޅިގެން މާލެސިޓީ ކައުންސިލުން ވަނީ މެޓް އޮފީހުގެ އިލްތިމާސަށް އިޖާބަދިނުމުގެ ގޮތުން ތައްޔާރީ ހާލަތުގައި ތިބުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފެންބޮޑުވާނެ ތަންތަނުގައި ވެލިބަސްތާ ޖެހުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން މިހާތަނަށް މާލޭގެ އެކި ސަރަހައްދުތަކުގައި 2500 އަށް ވުރެ ގިނަ ވެލިބަސްތާ ޖެހިފައިވާކަމަށް ކައުންސިލުން ބުނެއެވެ.

މާލެސިޓީ ކައުންސިލުން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިތީން ބުނެފައިވަނީ، 

ފެންވަދެ ގެއްލުންވާ ތަންތަނުގައި ވެލި ބަސްތާ ޖެހުމަށް ވެލިބަސްތާ ބޭނުންވާ އާންމު ފަރާތްތަކަށް، ވެލި ބަސްތާ ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް ޕަބްލިކް ވާރކްސްއިން ހަމަޖައްސަމުން އަންނަކަމަށެވެ. މިގޮތުން މިރޭގެ 10 އެއް ޖެހުމާ ހަމަޔަށް ހައުސިން މިނިސްޓްރީ ހުރި ބިމުގައި ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިފަހަކަށް އައިސް މާޅެއަށް ވެހުނު ވާރޭގައި މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭތަކަށް ވަނީ ފެންވަދެފައެވެ. އެންޑިއެމްއޭއިން ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެން ބޮޑުވާކަމަށް ފާހަގަކުރެވޭ ، ނާޒުކު 56 ގެއެއް ފާހަގަކޮށްފައެވެ. މިގޮތުން އެ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.