އާޒަރުބައިޖާނާއި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހި ކުރުމަށް އެއްބަސްވުން: ފޮޓޯ/ ޚާރިޖީ ވުޒާރާ
ހަބަރު
14 Jan 2025 | 09:40
ތަޢުލީމާއި ފަތުރުވެރިކަން ހިމެނޭހެން ގިނަ ދާއިރާތަކަކުން ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ގުޅުން ބަދަހިކުރަނީ

ތަޢުލީމާއި ފަތުރުވެރިކަން ހިމެނޭހެން ގިނަ ދާއިރާތަކަކުން ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ. 

ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ބޭއްވުނު ފުރަތަމަ ބައިލެޓަރަލް މަޝްވަރާ ބައްދަލުވުން އިއްޔެ މާލޭގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ޚާރިޖީ ވުޒާރާގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއެވެ. އަދި އަޒަރުބައިޖާނުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެލްނޫރް މަމަދޮވްއެވެ.

ޚާރިޖީ ވުޒާރާގައި އިއްޔެ މެންދުރުފަހު ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ މެދުގައި ކުރިން ވެފައިވާ އެއްބަސްވުންތަކާއި އެކުވެރިކަމުގެ ޕްރޮގްރާމްތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު މުރާޖަޢާ ކުރެވުނު ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިއެވް އާ ދެމެދު ނޮވެމްބަރު މަހު ބާކޫގައި ބޭއްވުނު ކޮޕް29 ގެ ތެރޭގައި ކުރެވުނު މަޝްވަރާތަކަށް ރިޢާޔަތްކޮށް، އިންވެސްޓްމަންޓް، ތަޢުލީމު، ޘަޤާފަތް، ފަތުރުވެރިކަން، ދަތުރުފަތުރު، އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ:

މީގެ އިތުރުން، ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި، މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އިނާޔާ އާއި ޑެޕިއުޓީ މިނިސްޓަރ މަމަދޮވް ވަނީ ދެ ޤައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ފަރާތަށް މުހިންމު މައްސަލަތަކުގައި ގާތުން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.

ޑެޕިއުޓީ މިނިސްޓަރ މަމަދޮވް މި ދަތުރުފުޅުގައި ވަޑައިގެންފައިވަނީ އަޒަރުބައިޖާނުގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޮމޯ) އާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ވަފުދަކާ އެކުގައެވެ. މި ދަތުރުފުޅުގައި އެ ބޭފުޅުން ވަނީ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.