ރައީސް ޑރ.މުޢިއްޒު، އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ އާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Jan 2025 | 10:25
ތިމާވެއްޓާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެސްޓޯނިއާއާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދެޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެސްޓޯނިއާ އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ރައީސް ޑރ.މުޢިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ އާއި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ފަހުމުނާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރއެވެ.

މީގެ އިތުރުންވެސް، މި ބައްދަލުވުމުގައި ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހި ރާއްޖޭގެ މި ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކުގެ ބޭނުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެސްޓޯނިއާގެ ތަޖުރިބާގެ މުހިންމުކަން ހާމަކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒުގެ ވާހަކަފުޅުގައި، އިޔާދަކުރަނިވި ހަކަތައާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ފަންނިއްޔާތުގެ ދާއިރާއިން އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ އުކުޅުތަކުގެ އެހީގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމާއި، ހަކަތައަށް ކުރާ ޚަރަދުކުޑަކޮށް، ރާއްޖޭގެ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި އެސްޓޯނިއާ ފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހަކަތައިގެ ދެމެހެއްޓެނިވި ގޮތްތައް ޙާޞިލުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި، މިނިސްޓަރ ޔޯކޯ އެލެންޑަރ ވަނީ  ޚަރަދު ކުޑަ އަދި ވަޒަންހަމަ އިސްތިރާޖީ ޑިޖިޓަލް ހައްލުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއާިއެކު، މިނިސްޓަރ ޔޯކޯ ވަނީ އެސްޓޯނިއާއިން ރާއްޖެއާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވައި، އެސްޓޯނިއާގެ މޫސުމާއި ދެމެހެއްޓެނިވި ކަންކަމުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އަށް އިސްކަންދެއްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލ އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާއިރު، އެގޮތުން ކުރިމަގުގައި ވެސް ދެގައުމުގެ މެދުގައި މި އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގެ އުއްމީދު ދެބޭފުޅުން އައުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ފަރާތުންވެސް ވަނީ ގުޅިގެން މަސައްކަތްކުރުމަށްވެވިފައިވާ އެއްބަސްވުންތަކާއިމެދު އުންމީދު އައުކުރައްވައި، ދެޤައުމުން އިސްކަންދޭ ކަންކަން އިތުރަށް ފުޅާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.