ފެނަކަ--
ހަބަރު
14 Jan 2025 | 12:15
ސްޕެއަރ ޕާޓްސް ލިބި، އައްޑޫ ސީޕީއެސްގެ 1 ޖެންސެޓުގެ މައްސަލަ މާދަމާ ހައްލުކުރެވޭނެ: ފެނަކަ

ސްޕެއަރ ޕާޓްސް ލިބި، އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ގާއިމުކޮށްފައިވާ ސީޕީއެސްގެ 1 ޖެންސެޓުގެ މައްސަލަ މާދަމާ ހައްލުކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޖެންސެޓުތަކަށް ދިމާވި މައްސަލައާއި ގުޅިގެން ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިކަމާއި ގުޅިގެން އެ ސިޓީގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައިވާކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ޖެންސެޓުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، މިގޮތުން ސްޕެއަރ ޕާޓްސް ލިބި، 1 ޖެން ސެޓުގެ މައްސަލަ މާދަމާ ހައްލުކުރެވޭނެކަމަށް ފެނަކައިން ބުނެއެވެ.

ސްޕެއަރ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސްޓުތައް ހައްލުކުރުމުގެ މަސައްކަތް ކުރެވޭނެކަން ފާހަގަކޮށް ފެނަކައިން ބުނީ، މި މައްސަލަ ހައްލު ކުރެވެންދެން ކަރަންޓު ލޯޑު ހިފެއްޓުމަކަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުންވެސް އެކޯޕަރޭޝަނުން ބުނީ، މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭކަމަށާއި، މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަކަށް ގެނައުމަށްޓަކައި، ފެނަކަ ޓީމުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

މިއާއިއެކު، ފެނަކައިން ވަނީ މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.