ރައީސް މުޢިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
14 Jan 2025 | 13:00
އެސްޓޯނިއާގެ ރައީސަށް ރައީސް މުޢިއްޒުގެ ޚާއްސަ ޝުކުރެއް

އެސްޓޯނިއާގެ ރައީސް އަލަރ ކަރިސްއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިވަގުތު އެސްޓޯނިއާގައި ހުންނެވި އިރު، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅާއި ގުޅޭގޮތުން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެސްޓޯނިއާގެ ރައީސާއި ސަރުކާރުން މި ތާރީޚީ ދަތުރުފުޅަށް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ ޤައުމަށް ވަޑައިގަތް ފަހުން ލިބިވަޑައިގެންނެވި ފުރިހަމަ މެހެމާންދާރީއާއި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، އިއްޔެ އެސްޓޯނިއާގެ ރައީސާއެކު ބޭއްވެވި ބައްދަލުވުމަކީ އުފާވެރި އަދި ފައިދާހުރި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޑިޖިޓަލް ދާއިރާއާއި، ސައިބަރ ސެކިއުރިޓީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތަޢުލީމީ ދާއިރާގެ ކަންކަމުގައި ދެ ޤައުމުގެ އިސްކަންދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް އަހަރުތަކުގައި އެއް ވިސްނުމެއްގައި އެކުގައި މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ އާއި އެސްޓޯނިއާ ފަދަ ކުދި ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮތުމަކީ އެ ޤައުމުތަކުގެ ސަލާމަތާއި މިނިވަންކަމަށް މުހިންމު ކަމެއްގެ އިތުރުން، ދުނިޔޭގެ ސުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއަށްވެސް މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.