ވަޒީރު މުއްޠަލިބު: ފޮޓޯ/ ހައުސިންގ މިނިސްޓްރީ
ހަބަރު
14 Jan 2025 | 13:16
ފުލެޓް ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް އަލުން ކުރިއަށް ގެންދަން ނިންމައިފި

ނިމިދިޔަ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓްގެ ސައްހަކަން އަލުން ކަށަވަރު ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވެފައިވަނީ މިއަދު ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ފްލެޓް ލިސްޓާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށާ، އަދި އޭސީސީއާއި އެހެނިހެން އިދާރާތަކުން ފާޅުކުރި ކަންބޮޑުވުންތައް ބަލައި، ފުލެޓް ލިސްޓް އަލުން ވެރިފައި ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. 

ފުލެޓަށް އެދި ފޯމު ލާފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި، 15 ނޮވެމްބަރ 2023 ގައި ގެޒެޓް ކުރެވިފައިވާ ލިސްޓްގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިޔުމަށް. މި ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދާނީ 26 ޖޫން 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ދޫކުރާ އުސޫލަށް. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދު ތަކަށް

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުالله މުއްޠަލިބު 

އެގޮތުން ވަޒީރު ވިދާޅުވީ، އަލުން ވެރިފައި ކުރާއިރު ފޯމު ހުށަހެޅިފަރާތް މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ކަށަވަރު ކުރުމަށް ހުށަހެޅިދާނެ ލިޔުންތައް ކަމަށް ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔުންތަކަށް ބައްލަވާނެ ކަމަށެވެ. އެ ލިޔުން ތަކުގެ ތެރޭގައި ހިމެނެނީ؛ 

ހ) ވޭތުވެދިޔަ 15 އަހަރު މާލޭގައި ވަޒީފާ އަދާކުރި، އަދި މިހާރުވެސް ވަޒީފާ އަދާކުރާކަމުގެ ލިޔުން.

ށ) ހުށަހަޅާފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރި، އަދި އަދާކުރަމުންދާ ތަންތަނުގެ ލިޔުން

ނ) ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް، ކޮލެޖް، ޔުނިވާސިޓީއެއްގައި ކިޔެވިކަން، ކިޔަވަމުންދާކަން އަންގައިދޭ ލިޔުން. 

ރ) ހުށަހަޅާފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް ކޮލެޖް ނުވަތަ ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުން.

ބ) ހުށަހަޅާފަރާތުގެ ދަރިން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މާލޭގެ ސްކޫލް، ކޮލެޖް ނުވަތަ ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުން

ޅ) ހުށަހަޅާ ފަރާތުގެ ޕެންޝަނާ ބެހޭ ލިޔުންތައް

މިއާއެކު ވަޒީރު ވިދާޅުވީ، ބައެއް ފަރާތްތަކުން ފޯމު ހުށަހެޅިއިރު، އުސޫލުތަކާއި އިރުޝާދު ތަކަށް ނުފެތޭ ލިޔުންތައް ހުށަހަޅާފައިވާ ކަމަށާ، އަދި ޝަކުވާގެ މުއްދަތުގައުވެސް އެކި ކަހަލަ ލިޔުންތައް ހުށަހަޅާފައިވާކަން އޭސީސީން ފާހަގަކޮށްފައިވާ ކަމަށެވެ. 

އެފަދަ ލިޔުންތައް ބަލައިގަންނަން ނުފެންނަ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ލަފާދީފައި. އެހެން ކަމުން، ޕޯޓަލްގައި ހުށަހެޅިދާނެކަމަށް ބަޔާން ކޮށްފައިވާ ލިޔުންތައް ނޫން ލިޔުންތަކަކީ ގާނޫނީގޮތުން ބަލައިގަނެވޭނެ ލިޔުންތަކެއް ނޫން. 

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުالله މުއްޠަލިބު 

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އޭސީސީގެ ތަހުގީގުގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ މާލޭގައި ”މެދުނުކެނޑި“ އުޅެމުންދާކަން މުއްދަތު ބެލުމުގައި އެއް ހަމައެއް ގެންގުޅެފައި ނެތުން ކަމަށެވެ. އެގޮތުން ”މެދު ނުކެނޑި މާލޭގައި ދިރިއުޅުން“ މާނަކޮށްފައި ނުވާތީ، ފޯމު އިވެލުއޭޓް ކުރި ފަރާތްތަކުން އެކިގޮތްގޮތަށް އަމަލުކޮށްފައިވާކަން އޭސީސީން ފާހަގަކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެންކަމުން އަލުން އިވެލުއޭޓް ކުރާއިރު، މެދުކެނޑުން ކަމަށް ބަލާނީ އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމެއް އައުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތިން ހާލަތެއްގައި މެދުކެނޑުން އިސްތިސްނާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެއީ؛ 

1) މާލޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަކި މުއްދަތަކަށް މާލެއިން ބޭރުގައި ވަޒީފާ އަދާކޮށްފައުވާ މުއްދަތު

2) މަތީ ތަޢުލީމް ހާސިލް ކުރުމަށް މާލެއިން ނުވަތަ ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ މުއްދަތު

3) މާލޭގައު އާއިލާ ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.