ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގެ ތެރެއިން---
ހަބަރު
21 Jan 2025 | 10:03
ޑިމޮކްރެޓްސް ގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ދި ޑިމޮކްރެޓްސް ގެ ހުސްވެފައިވާ ރައީސް އަދި ފިރިހެން ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެޕާޓީން ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ރައީސް އަދި ފިރިހެން ނައިބު ރައީސްގެ މަގާމު ހުސްވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ 12 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމާއި އެއްގޮތަށް، އެ މަގާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބު ފެބްރުއަރީ މަހުގެ 15 ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށެވެ.

މި މަގާމުތަކަށް ވާދަކުރުމަށް އެދޭ ޕާޓީގެ މެމްބަރުންނަށް އެކަމަށް ކުރިމަތިލުމަށް މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޑިމޮކްރެޓްސް އިން ވަނީ ހުޅުވާލާފައެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، ޝަކުވާ އަށް ހުޅުވާލެވޭނީ މާދަމާކަން ފާހަގަކޮށް އެޕާޓީން ބުނީ، ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއެއްކަމަށް ކަނޑައެޅިފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އަށް ކަމަށާއި، އެއަށްފަހު ދާއިމީ ލިސްޓް އިއުނާލުކުރަން ކަނޑައެޅިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން، ދި ޑިމޮކްރެޓްސް އިން ވަނީ، މި އިންތިހާބުގައި ވާދަކުރުމަށް އެދޭ އެ ޕާޓީގެ މެމްބަރުން، އެކަމަށް އެދި ޕާސްޕޯޓް ސައިޒްގެ ފޮޓޯ އަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއި އެކު [email protected] މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވެފައިމިވަނީ، އެމަގާމުގައި ކުރިން ހުންނެވި ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިއާއިއެކު ހަސަން ލަތީފް އެމްޑީޕީއާއި ގުޅި ވަޑައިގެންނެވިއިރު، އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި  އަލީ އާޒިމް އާއި މުހައްމަދު ޝިފާޒުގެ އިތުރުން، ހުސައިން އަމްރުވެސް ވަނީ، އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.