އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
21 Jan 2025 | 10:35
ހިންދޫ ފާދިރީގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިން؛ ދީނާ ޚިލާފް ކަންކަމަށް ޖާގައެއް ނުދެވޭނެ: ޝަހީމް

ހިންދޫ ފާދިރީއަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާގެ ނަމުގައި ހިންދޫ ދީނާއި ގުޅޭ ކްލާސްތައް ނަގައި އެކަން މީސް މީޑިއާގައި އިޝްތިހާރު ކުރާ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މާސްޓަރ ދުރްގާ ރައޯ ނަމުގައި ހިންގާ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ހިންދޫ ފާދިރީއަކު ރާއްޖޭގައި ކޯސް ހިންގާކަން އިއުލާން ކޮށްފައިވާއިރު، ރޫހާނީ ފަރުވާ އާއި ފާލު ބެލުން ފަދަ އިސްލާމް ދީނުގައި ޙަރާމް ކަންކަން ކުރާ ކަމަށް އޭނާ ބުނެފައިވެއެވެ. 

އަދި މީގެ ދެދުވަސް ކުރިން ހުޅުމާލޭގައި އޭނާ އެކަމެއް ކުރަން ފަށާފައިވާއިރު، ސެޝަނަކަށް 300 ރުފިޔާ ނަގާ ކަމަށް މީސްމީޑިއާ ޕޯސްޓަރ ގައި ބުނެފައިވެއެވެ. އަދި ވަރަށް ގިނަ މީހުން އޭނާ ކައިރިއަށް ދާ ކަމަށްވެސް އޭގައި ބުނެފައިވެއެވެ. 

މި ފާދިރީ ކަލޭގެ އެކަން ކުރާ ތަނުގައި ހިންދޫ ދީނުގެ މީހުން އަޅުކަން ކުރާ ޒާތުގެ ބޮޑު ބުދެއް ބަހައްޓާފައި ހުރި އިރު، ވަށައިގެން އަތުރާފައި ހުންނަނީ ވެސް ހުސް އެ ޒާތުގެ ތަކެއްޗެވެ.

މިކަމާއި ގުޅިގެން ”ވޮއިސް“ އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، އެ މައްސަލަ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާފައި ކަމަށެވެ. 

”އިސްލާމީ އަޤީދާއާއި ޚިލާފް ކަންކަމަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ. އެއީ ގާނޫނާ ޚިލާފް ކަމެއް“ ވަޒީރު ވިދާޅުވިއެވެ. 

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ފާދިރީއަކު އައިސް، ރޫހާނީ ފަރުވާގެ ކްލާސްތައް ނަގައިދޭ ކަމަށް ބުނެ ކެމްޕޭނެއް ހިންގި އެވެ. އެ އެކަމާ ގުޅިގެން އާއްމުން ނުރުހުން ވުމުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔުމަށްފަހު ފަހުން ވަނީ ޑީޕޯޓު ކޮށްލާފަ އެވެ.

ކޮމެންޓް
ޢަލީ ނ
ވަގުތުން ފިޔަވަޅު އެޅެންޖެހޭނެ. އަބަދުވެސް އިވޭނީ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފިން. އެދެން ނިމުނީ. އެމީހުންކުރާ ކަމެއް ނިމެންދެން ތިބެފަ ދެން މައްސަލަ ބަލާ ޑީޕޯރޓްކޮށްލަނީ ނޭގެ ޑީޕޯޓްކުރާކަމެއްވެސް.
21 Jan 2025
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.