ރައީސް ޑރ.މުއިއްޒު ރަސްގެތީމުގައި ވާހަކަދައްކަވަނީ..
ހަބަރު
21 Jan 2025 | 15:44
ރަސްގެތީމުގެ ތަރައްޤީއަށް ސަރުކާރުން ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް ޑރ.މުއިއްޒު

ރ.އަތޮޅު ރަސްގެތީމުގެ ތަރައްޤީއަށް މި ސަރުކާރުން ވީ ވައުތުތައް ފުއްދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްގެތީމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރަސްގެތީމުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށިގެން ބާރު ސްޕީޑްގައި ކުރިއަށްދާނޭކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ރަސްގެތީމުގެ ތަރައްޤީއަށް ކޮށްދިނުމަށް ވައުދުވި ކަންތައްތައް މިއަހަރުގެ ތެރޭގައި ފައްޓަވާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

އިގްތިސާދީގޮތުން ޤައުމު އޮތް ހާލަތުން މިދިޔަ އަހަރު މަޝްރޫޢުތައް ނުފެށުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަޝްރޫޢުތައް ނުފެށުނު ރަށްރަށުގެ ތެރޭގައި ރަސްގެތީމުވެސް ހިމެނޭކަމަށެވެ.

ރައީސް ޑރ.މުއިއްޒު ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން..

މިއަހަރުގެ ތެރޭގައި ރަށުގެ ބަނދަރާއި، ނަރުދަމާގހެ މަސައްކަތުގެ އިތުރުން ކަރަންޓާއި ސިއްހީ ހިދުމަތްތައްވެސް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރަށުގެ ރައްޔިތުންގެ ފަރާތުންވެސް އެދިފައިވާ މުހިއްމު ކަންކަންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން..

ރައީސް މިއަދު ރަސްގެތީމަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެރަށުގައި ގާއިމްކުރަން ނިންމި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މަސައްކަތްވެސް ކައުންސިލާ ހަވާލުކޮށްފައެވެ. މިކަމަށްޓަކައި ބީއެމްއެލް އާއި ރަސްގެތީމް ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރަސްގެތީމަށްފަހު ރައީސް ޑރ.މުއިއްޒު ދެން ވަޑައިގެންނެވީ އެއަތޮޅު އަނގޮޅިތީމަށެވެ. އަނގޮޅިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.